ސަރުކާރުން ބިރުދެއްކުމުން ޑޮލަރު މާރުކުރާ ތަންތަން ބަންދުކުރުމުން ޑޮލަރުގެ ތާށިކަން އިހުނަށްވުރެ ބޮޑުވެއްޖެ!

ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކޮށްފައި: ސަރުކާރުގެ އިންޒާރާއެކު ޑޮލަރުގެ ތާށިކަން ވަނީ އިތުރުވެފައި -- ފޮޓޯ: އިމްތިޔާޒް މޫސާ / އަދަދު

ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކޮށްފައި: ސަރުކާރުގެ އިންޒާރާއެކު ޑޮލަރުގެ ތާށިކަން ވަނީ އިތުރުވެފައި -- ފޮޓޯ: އިމްތިޔާޒް މޫސާ / އަދަދު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ މަނީ ލޯންޑާކުރުން ކަމަށް ވިދާޅުވެ، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދިނުމާއެކު ޑޮލަރުގެ ތާށިކަން އިހުނަށްވުރެ ބޮޑުވެއްޖެ އެވެ.

ސަރުކާރުން އިއްޔެ ދިން ހަރުކަށި އިންޒާރާއެކު، ޑޮލަރު މާރުކުރުމުގެ ހިދުމަތްދޭ ގިނަ ތަންތަން މިއަދު ހުރީ ބަންދުކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރު ނުލިބުމުގެ ކަންބޮޑުވުން ވަނީ އިހުނަށްވުރެ ބޮޑުވެފަ އެވެ.

އަދަދު އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ރޭ ބުނީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 23ރ. އަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންވާ ފައިސާ ބޭރަށް ފޮނުވުމަށްޓަކައި ރަސްމީ ރޭޓުގައި ޑޮލަރު ލިބިދާނެތޯ ބީއެމްއެލްއާ ސުވާލުކުރި ކަމަށެވެ،

"ޓީޓީ ހަދަން ބޭނުންވާ ޑޮލަރު ކަޅު ބާޒާރުން ނުގަންނަންވެގެން ބީއެމްއެލްއަށް ގުޅީ، ގުޅީމަ ބުނީ ޓީޓީ ސަޕޯޓު ގޮތުގައި ދެވޭނީ އިންވޮއިސްގެ 20 ޕަސެންޓޭ، ވާހަކައަކީ 10،000 ޑޮލަރުގެ އިންވޮއިސްއަކަށް ރަސްމީ ރޭޓުގައި ލިބެނީ 2000 ޑޮލަރޭ، ދެން ބާކީ 8000 ޑޮލަރު ކޮންތަނަކުން ހޯދަނީ،" އޭނާ ބުންޏެވެ.

ޑޮލަރުގެ މައްސަލަ ހަމައެކަނި އިދާރީ ފިޔަވަޅުތަކުން ހައްލެއް ނުކުރެވޭނެ: އަހުމަދު މުހައްމަދު

ބޭރު ފައިސާގެ ބާޒާރުގައި ހުރި އަސާސީ މައްސަލަތަކާއި ޑޮލަރުގެ ރޭޓުގެ ފަރަގު، ހަމައެކަނި އިދާރީ އަދި ތަންފީޒީ ފިޔަވަޅުތަކުން ހައްލު ނުކުރެވޭނެ ކަމަށް އިގުތިސާދީ ތަޖުރިބާކާރު އަހުމަދު ވިދާޅުވި. އޭނާ މިހެން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ

އޭނާގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިވެރިން ވަނީ ޑޮލަރު ނުލިބޭކަމުގެ ޝަކުވާކޮށްފަ އެވެ.

ރާއްޖޭގައި މިހާރު އޮތް ޑޮލަރުގެ މައްސަލައާ ގުޅިގެން، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ވަނީ ބޭރުފައިސާ މާރުކުރުމުގެ ހުއްދަ ދީފައިވާ ބައެއް ތަންތަނުން ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާ ކަމަށާއި އެތަންތަނުން ކޮށްފައިވާ ކޮންމެ މުއާމަލާތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ ކަމުގެ އިންޒާރުދެއްވައިފަ އެވެ.

އިހުސާން ވިދާޅުވީ ޑޮލަރުގެ މާކެޓު މެނިޕިއުލޭޓް ކުރަން ނުވަތަ ބަޔަކު ރޭވިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު މަތި ވަނީ މަނީ އެކްސްޗޭންޖު ކުރާ ވިޔަފާރިތަކާއި ވާދަވެރި ސިޔާސީން ރޭވިގެން ހިންގާ ނެޓްވޯކަކުގެ ސަބަބުން ކަމަށެވެ.

"ނޯމަލް މާކެޓް ބީހޭވިއާއިން ބޭރުން، މެނިޕިއުލޭޓްކޮށްގެންނާ އަދި ހާއްސަކޮށް މީގެ ތެރެއަށް ސިޔާސީ ފަރާތްތަކެއް ވަދެގެން މިކަން ކުރާކަން އަޅުގަނޑުމެންނަށް އެބަހުރި ފާހަގަ ކުރެވިފަ،" އިހުސާން ވިދާޅުވި އެވެ. 

ޑޮލަރު އަގުބޮޑު ކުރަނީ ވާދަވެރި ސިޔާސީން ރާވައިގެން ހިންގާ ކުށުގެ ނެޓްވޯކަކުން ކަމަށް އިހުސާން ތުހުމަތު ކުރައްވައިފި

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ، ޑޮލަރުގެ އަގު ހަމަޖައްސަނީ މަނީ އެކްސްޗޭންޖު ކުރާ ފަރާތްތަކުން ކޮންމެ ދުވަހަކު މަޝްވަރާކޮށްގެން ކަމަށެވެ. 

"ހެނދުނު އިރުއަރާފައި ގުޅަނީ އެންމެ ބޮޑަށް މަނީ އެކްސްޗޭންޖް ކުރާ ފަރާތްތައް އެކަކު އަނެކަކަށް ގުޅައި، އޭ މިއަދުގެ ރޭޓަކީ މިއީއޭ. މިއީ މިހެން އޮންނަ ކަމެއް ނޫން ދުނިޔޭގެ ތަންތަނުގައި. މިވަގުތުގެ ބިހޭވިއާއަކީ މިއީ،" އޭނާ ވިދާޅުވި އެވެ. 

ބައްދަލުވުމުގައި އިހުސާން ވަނީ، ހުއްދަ ނުހޯދައި ޑޮލަރުގެ ވިޔަފާރި ކުރާ ވިޔަފާރިތަކާއި އާންމުންގެ ބޮލުގައި މަނީ ލޯންޑަރިންގެ ތުހުމަތު އަޅުއްވައިފަ އެވެ. 

"ރާއްޖޭގެ ގާނޫނުގައި ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. މާނައަކީ ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖް ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން،" ވަޒީރު ވިދާޅުވި އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ވާހަކަ އިހުސާން ވަނީ މިއަދު ވަކިން ފާހަގަ ކުރައްވައިފަ އެވެ. 

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އޭނާ ވިދާޅުވި އެވެ. 

މި ފިޔަވަޅުތަކުގެ ސަބަބުން، ޑޮލަރުގެ ތާށިކަން ކުރިމަތިވާ އަސްލު މައްސަލަ ހައްލު ނުވާނެ ކަމަށް އިގުތިސާދީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox