އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަނުކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އަޒީޒް އިންޓަވިއު ދެއްވަނީ --

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އަޒީޒް އިންޓަވިއު ދެއްވަނީ --

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްއަޒީޒް ޖަމާލް އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދާދި ދެންމެއަކު ނިންމައިފި އެވެ.

އަބްދުލްއަޒީޒް ޖަމާލްއާ އިންޓަވިއުކުރުމަށްފަހު، މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ އޭނާއަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފަ އެވެ. އެހެންކަމުން އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒް ޖަމާލް އައްޔަނުކުރަން ފެނޭތޯ ބެލުމަށް މަޖިލީހުގެ ތަޅުމަށް އޭނާގެ ނަން ފޮނުވަން ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، ފަސް މެންބަރުންގެ ތާއީދާއެކު އެވެ. އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓުދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ.

މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ބުނީ، ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާނުކުރެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާތީ، އެ މަގާމަށް އަބްދުލްއަޒީޒް އައްޔަނުކޮށްފި ނަމަ، އޭނާ މިހާރު ހުންނެވި މަގާމު ދޫކޮށްލަން އިގުރާރު ކުރުވާފައިވާ ކަމަށެވެ. އަދި، އެ މަގާމަށް އަބްދުލްއަޒީޒް ޖަމާލުގެ ޝަރުތު ހަމަވާކަމަށް ވެސް އިދާރީ މޭޒުން ބުންޏެވެ.

އަބްދުލްއަޒީޒް ޖަމާލުއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އެހެންކަމުން، އިންފޮމޭޝަން ކޮމިޝަަނަރުގެ މަގާމަށް އިތުރު ދައުރަކަށް އޭނާ އައްޔަނުރެވިދާެނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އާރުޓީއައި ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ބަޔާންކުރާ މާއްދާގައި އޮންނަނީ އެ މަގާމަށް އައްޔަންކުރާ މީހެއްގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި، ދައުރު 10 އަހަރަށް އިތުރުކުރެވެނީ އެ މަގާމުގައި ހުރި މީހެއްގެ މަގާމުގައި އިތުރު ދައުރެއް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތުމުން އަބްދުލްއަޒީޒަށް އިތުރު ދައުރަކަށް ނާދެވޭނެ ކަމަށް ގަބޫލުކުރާ މީހުން ބުނަނީ، އޭނާ ކުރިން އެ މަގާމުގައި އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ އިތުރު ދައުރަކަށް ނާދެވޭނެ ކަމަށެވެ.

ގާނޫނު އޮތް ގޮތުން އަބްދުލްއަޒީޒަށް ދެވަނަ ދައުރެއް ދެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒް އައްޔަންކުރުމާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވަނީ، އޭނާ ކުރިން އެ މަގާމުގެ އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ. ގާނޫނުގައި އޮންނަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރަކީ އެކެއް ކަމަށް އަދި ހުރި އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ދައްމާލެވޭނެ ކަމަށް.

މި މައްސަލައިގައި އަދަދު ނޫހުން ވާހަކަ ދެއްކި ގާނޫނީ މާހިރުން ވެސް ބުނީ ގާނޫނުގެ އެ މާއްދާގެ އިބާރާތް އޮތް ގޮތުން މާނަކުރެވެނީ އިތުރު ދައުރެއް ނުދެވޭނެ ގޮތަށް ކަަމަށެވެ. 

"އާރުޓީއައި ގާނޫނު އޮތް ގޮތުން އެއްވެސް މީހަކަށް ދެ ދައުރެއް ނުލިބޭނެ. މަޖިލީހަށް ވެސް ލިބޭ ބާރަކީ އެ މަގާމުގައި ހުރި މީހެއްގެ ދައުރުގެ މުއްދަތު 10 އަހަރަށް އިތުރުކުރުން،" މި ނޫހާ ވާހަކަ ދެއްކި ގާނޫނީ ވަކީލަކު ބުންޏެވެ. 

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު އައްޔަންކުރާތީ އެހެން ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ. އެއީ އޭނާ މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވާފައި އެ މަގާމާ ހަވާލުވުމާއި، އޭނާ އިންފޮމޭޝަން ކޮމިޝަަނަރަކަށް ހުންނެވި ދުވަސްވަރު އާރުޓީއައި ގާނޫނުން ލިބިދޭ ހައްގުތައް ފުރިހަމައަށް ހޯދައިދޭން މަސައްކަތް ނުކުރެއްވުމެވެ. 

މި މައްސަލަތައް ފެންމަތިވެފައި އޮއްވާ، އަބްދުލްއަޒީޒާ ގުޅިގެން ޝަކުވާތައް ހުށަހަޅަން ހަ ގަޑިއިރުުގެ ކުޑަ ވަގުތުކޮޅެއް ދިނުމަށް ފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އިއްޔެ އިރުއޮއްސި 6:00 ޖެހިއިރު، އެ ފުރުސަތު ބަންދުކޮށްފަ އެވެ. 

އާ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން އުޅޭއިރު، ރައީސް އޮފީހާއި ބައެއް ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަަނުކުރާ މައްސަލަ ވަރަށް ބޮޑެވެ. އަދި، މި ފަދަ މައުލޫމާތު ނުދޭ މައްސަލަތަކުގައި ދައުލަތް ގޯސްކުރާތީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު، އަހުމަދު އާހިދުއާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑެވެ.

އެ ގޮތުން މުއިއްޒު ވަނީ އާހީދަކީ އިދިކޮޅުގެ އޯޑަރަށް މަސައްކަތް ކުރައްވާ އިދިކޮޅުގެ އެޖެންޓެއް ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އާހިދު ވަނީ މި ވާހަކަަތައް ދޮގުކުރައްވާ، އޭނާ މަސައްކަތް ކުރަނީ ގާނޫނުގައި މަތިކޮށްފައިވާ ޒިންމާތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox