
މުހައްމަދު ނަސީމް
ސީނިއާ ޖާނަލިސްޓް
މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.
1124 ލިޔުން
ހަބަރުރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އަކީ 58 މެމްބަރުންނެވެ. ފިކުރެއްގެ ދިރުމުގެ 12 މެމްބަރުން އެމްޑީޕީން ވަކިކވުމުން އެމްޑީޕީގައި މިހާރު ތިއްބެވީ 56 މެމްބަރުންނެވެ.
ހަބަރުޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މާޔޫސްކަމަށް ޖަމީލުގެ ނުރުހުން!
ރިޔާސީ އިންތިހާބު ކައިރިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުން މިނިވަންވެވަޑައިނުގަންނަވާތީ ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުން އެމަނިކުފާނުގެ ވަކީލުންނާ ތަކުރާރުކޮށް ސުވާލުކުރެ އެވެ.
ހަބަރުޗާގޯސް މައްސަލަ:އިލްމުވެރިންގެ ގުޅުމުން ރައީސްއަށް 3 ހުށަހެޅުމެއް
ބައެއް ދީނީ އިލްމުވެރިން ބައިވެރިވާ އިލްމުވެރިންގެ ގުޅުމުން ވަނީ ޗާގޯސް މައްސަލާގައި އުފެއްދި އިދިކޮޅު ކޯލިޝަނާ އެކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެ ހަރަކާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި މައިގަނޑު ތިން ކަމެއް ހުށަހެޅި އެވެ.
