ވެމްކޯގެ އެމްޑީ ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރަައިގެ މައްސަލައެއްގައެއް ނޫން: ޕީސީބީ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖް. -ފައިލް ފޮޓޯ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖް. -ފައިލް ފޮޓޯ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާއާ މެދު އެ ފިޔަވަޅު އެޅީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިރޭ ބުނެފި އެވެ.

ސިރާޒް ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތަހުގީގަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަށް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނު އިރު ބައެއް މީޑިއާތަކުން ވެސް އެގޮތަށް ރިޕޯޓްކުރި އެވެ.

ނަމަވެސް ޕީސީބީން ނެރުނު ބަޔާނުގައި ބުނީ ސިރާޖާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން ނުގެންދާ ކަމަށާއި އޭނާއާ މެދު އެފަދަ ތުހުމަތެއް ވެސް ނެތް ކަމަށެވެ. ޕީސީބީން މިހެން ބުނި އިރު، ސީދާ ގޮތެއްގައި ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ސިރާޖަށް އޮތް ކަމަކަށް މީޑިއާތަކުން ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ޕީސީބީގެ ބަޔާނުގައި ބުނީ މަގާމުގެ ޒިންމާތަކުން ސިރާޖް އެކަހެރި ކުރީ ކުންފުނި ހިންގުން ނޫނީ "ގަވަނަންސާ ގުޅޭ މެނޭޖްމަންޓް" މައްސަލައެއްގައި ކަމަށެވެ. ބަލަމުންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް ޕީސީބީން ދީފައި ނުވި ނަމަވެސް، ކުންފުނީގެ އެތެރޭގެ ތަހުގީގަކަށް ނުފޫޒު ފޯރުވުމަކީ ބަޔާނުގައި ބުުނެފައިވާ ދާއިރާއަށް ފެތޭނެ ތުހުމަތެކެވެ.

"...ވެމްކޯ ބޯޑް މެދުވެރިކޮށް މި ބޯޑުން ބަލަމުން ދަނީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓް މައްސަލަ އެކެވެ. އެހެންކަމުން މެނޭޖިން ޑިރެކްޓަރު ތަނާޒުލުކުރުވައި މި މައްސަަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިބޯޑުން ނިންމާފައި ވާތީވެ، މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވަނީ މުސާރައާއި އިނާޔަތްތަކާއެކު ދެ ހަފްތާގެ މުއްދަތަކަށް މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރެވިފަ އެވެ،" ޕީސީބީގެ ބަޔާނުގައި ބުންޏެވެ.

ސިރާޖް ސަސްޕެންޑް ކުރުމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކުރި އިރު، އެއީ ޕީސީބީގެ ބަޔާނެއްގައި ބުނި ވާހަކަތަކެއް ކަމަށް ބުނެފައިވާތީ ޕީސީބީގެ ބަޔާނުން އެކަން ދޮގުކުރި އެވެ. އެ ބޯޑުން ބުނީ މި ބަޔާނުގެ ކުރިން އެ މައްސަލައާ ގުޅޭ އެއްވެސް ބަޔާނެއް ނެރެފައި ނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox