ޗާގޯސް މައްސަލާގައި އިދިކޮޅުން ނަޝީދާ މަޝްވަރާކޮށްފި

އިދިކޮޅު ޕީޕީއެމްޕީއެންސީގެ ވަފުދަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ:ޕީޕީއެމް

އިދިކޮޅު ޕީޕީއެމްޕީއެންސީގެ ވަފުދަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ:ޕީޕީއެމް

ޗާގޯސް އަކީ މޮރިޝަަސްގެ ބައެއް ކަމަށް ބަލައިގެން އެގައުމާއި ރާއްޖެއާ ދެމެދު ހާއްސަ އިގުތިސާދީ ސަރަހައްދު ކަނޑައެޅި އިރު، ސަރުކާރުން އަމަލުކުރި ގޮތާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާކޮށްފި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިނބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. އަދި ނަޝީދު، އެމްޑީޕީގެ އެތެރޭގައި ހައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް އުޅުއްވާ، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު ދެއްވަމުން ޝިޔާމް "އަދަދު"އަށް ވިދާޅުވީ ޗާގޯސް މައްސަލާގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޕީޕީއެމް/ޕީއެންސީން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންނާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ވެސް މިއަދު ބައްދަލުކުރީ އެގޮތުން ކަމަށެވެ.

"އެހެންވީމާ އެގޮތުން އަޅުގަނޑުމެންގެ މިކަމުގައި އޮތް ކަންބޮޑުވުމާއި، ގާނޫނާ ހިލާފަށް ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކާ ވާހަކަ ދައްކަން ވެގެން [ނަޝީދު އަރިހަށް] މިދިޔައީ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ގަބޫލުކުރައްވާ މިކަމުގައި ސަރުކާރުން ގޯސްތަކެއް ހަދާފައި އޮތް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމުގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި ވުމެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ އެހެންވެ ކަމަށް، އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އިންވަކިކުރުމުގެ މައްސަލަ އިޓްލޮސް އިން ނިމުނީ ރާއްޖެއަށް ކާމިޔާބު ވެގެން ކަމަށެވެ. އެއީ އިން ވަކިކުރި އިރު މޮރިޝަސްގެ ސަރަހައްދު ކަނޑައެޅީ އެގައުމުން ބުނި ބޭސްޕޮއިންޓުން ފަށައިގެން ކަމަށް ނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox