ޗާގޯސް މައްސަލާގައި ރާއްްޖޭން ކުރި މުއާމަލާތެއް އާއްމުކުރަން ޝަހީދު ގޮވާލައްވައިފި

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު، ޗާގޯސް މައްސަލާގައި ރާއްޖޭން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އާއްމުކުރަން އޭނާ މިއަދު ގޮވައިލެއްވި

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު، ޗާގޯސް މައްސަލާގައި ރާއްޖޭން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އާއްމުކުރަން އޭނާ މިއަދު ގޮވައިލެއްވި

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަޒީރާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ކަނޑައެޅުމުން، ބޮޑު ބަހުސެއް ފެށިފައިވާތީ، ޗާގޯސްއާ ގުޅޭ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސަރުކާރުތަކުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އާއްމު ކުރަން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ގޮވާލައްވައިފި އެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ސަރަހައްދީ ރޮނގު ކަނޑައެޅީ ޗާގޯސްއާ މެދު ރާއްޖޭން ގެންގުޅޭ ސިޔާސަތު މިހާރުގެ ސަރުކާރުން ބަދަލުކުރުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެެވެ. އެހެން ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އެ ޖަރީރާތަކާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ކަނޑައެޅުމަކީ ހުއްޓުވެން ނެތް ކަމެއް ކަމަށެވެ. އިން ކަނޑައެޅީ އެހެންވެ ކަމަށާއި އިން ކަނޑައެޅީ ރާއްޖެއަށް ފައިދާވާ ގޮަތަށް ކަަމަށް ސަރުކާރުން ބުނެ އެވެ.

ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާއި ޗާގޯސްއާ ގުޅޭ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި ނިއުޔޯކާއި ލަންޑަނުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ރައްކާ ކޮށްފައިވާ ފައިލްތައް އާއްމުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފެދޭނެ ކަމަކަށް ވާތީ އެވެ.

"މައުލޫމާތު އިތުބާރު އުފައްދާ، އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރިކުރުވޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގެ މައުލޫމާތު އާއްމުކޮށް ދެއްވަން ޝަހީދު އެދިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުންނެވެ.

"ސައްހަ، ފުރިހަމަ މައުލޫމާތުގެ އަލީގައި، ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައިދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި ޔުނިވާސިޓީތަކުގެ ޒިންމާއެއް،" ޓްވީޓްގައި ޝަހީދު ވިދާޅުވި އެވެ.

ޗާގޯސްއާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ކަނޑައެޅުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ އިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ. ޝަހީދު މިއަދު އެދިވަޑައިގެންނެވި މައުލޫމާތު އާއްމުކޮށްފި ނަމަ ބަންޑާރަނައިބެެއްގެ ހައިސިއްޔަތުން މުނައްވަރު ކުރައްވާފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ވެސް އޭގެ ތެރޭގައި ހިމެނޭނެ އެެވެ.

ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އިދިކޮޅުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދައިފަ އެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވައްދަން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު ތަފާތު އެހެން ނަތީޖާއެއް ނުކުމެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި "ސިއްރު ސިޓީ" އާ ގުޅިގެން ކަމަށް މީގެ ކުރިން ޝަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އެޕްރީލް 28, ގައި އިޓްލޮސްއިން އެ މައްސަލަ ނިންމީ ރާއްޖޭން ހުށަހެޅި ގިނަ ނުކުތާތައް ބަލައިގަނެ ރާއްޖެެއަށް ބޮޑުބައި ލިބޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox