ކޭ-ޕާކް މައްސަލައިގެ ތަހުގީގަށް މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓައިފި

މަމްދޫހު: ކޮރެއާ ކުންފުނިން ބުނީ އޭނާ އުޅެނީ ގިނަ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން ކަމަށް -- ފޮޓޯ: މަމްދޫހު ފޭސްބުކް

މަމްދޫހު: ކޮރެއާ ކުންފުނިން ބުނީ އޭނާ އުޅެނީ ގިނަ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން ކަމަށް -- ފޮޓޯ: މަމްދޫހު ފޭސްބުކް

ހުޅުމާލޭގައި ކޭޕާކު މަޝްރޫއު ހިންގާ ހަމްބޯޓެކް ކޮރެއާއިން އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެކުންފުނީގެ މައި ހިއްސާދާރު ހުށަހެޅި މައްސަލައަކާ ގުޅިގެން މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު (ހަނަފީ) "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ.

ކޭ-ޕާކް މަޝްރޫއު ހިންގަން ހަމްބޯޓެކް ކޮރެއާއިން އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާ އޮންނަނީ އެ ކުންފުނީގެ އެމްޑީ، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓު ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.

ހަމްބޯގެ މައި ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ މަމްދޫހާއި އޭނާގެ ވިޔަފާރި ޕާޓުނަރު ޖައިޝަން ސައީދު، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލާތުން އޮޅުވާލައިގެން އެޕާޓްމެންޓުތައްް ވިއްކައި ފައިސާ އަތުލާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެެ.

އެކަމާ ހެދި މަމްދޫހުއާ އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައި، އޭނާގެ އިތުރުން މަކަރާއި ހީލަތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރާ އެހެން މީހުންގެ މައްސަލަ ހަމްބޯއިން ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.

ހަމްބޯއިން ބުނާ ގޮތުގައި އެ ކުންފުނީގެ ފަރާތުން ފާސްކޮށް އެޕާޓްމެންޓުތައް ވިއްކުމުގެ ބާރު އެއްވެސް މީހަކަށް ދީފައި ނުވަނީސް މަމްދޫހު ވަނީ ނުއަގުގައި އޮޅުވާލައިގެން ގިނަ ބަޔަކަށް އެޕާޓްމެންޓުތައް ވިއްކައިފަ އެވެ.

ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ވެސް ވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސޮއިކޮށްފައި ހުރި އިރު، މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމަށް ބުނެ އޮޅުވާލައިގެން މަމްދޫހު ވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ހުއްޓެވެ.

އެ މައްސަލައިގެ ފުރިހަމަ ތަހުގީގެެއް ކޮށްދޭން އާބަންކޯއިން ވެސް ވަނީ ފުލުހުންގެ އިދާރާގައި އެދިފަ އެވެ.

އާބަންކޯއިން ބުނީ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަމްބޯޓެކް ކޮރެއާ ކުންފުނިން ހުށަހަޅަފައިވާ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox