ހުޅުމާލޭގެ ގޯތިތަކުގައި ގެސްޓްހައުސް ހިންގިދާނެތޯ ސުވާލު އުފެދޭ ގަވައިދެއް!

ހުޅުމާލެ ފޭސް އެކެއް، ހުޅުމާލޭގައި އިމާރާތްކުރުމުގެ ގަވައިދު އޮތީ ހަމަ އެކަނި ނެއިބަހުޑް 1،2 އަދި 3 އަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލެ ފޭސް އެކެއް، ހުޅުމާލޭގައި އިމާރާތްކުރުމުގެ ގަވައިދު އޮތީ ހަމަ އެކަނި ނެއިބަހުޑް 1،2 އަދި 3 އަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަލަށް އެކުލަވާލި ހުޅުމާލޭ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދުގެ ދަށުން ބައެއް ސަރަހައްދުތަކުގައި މިހާރު ހިންގަމުން އަންނަ ގެސްޓް ހައުސްތައް ހިންގިދާނެކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އޭޕްރީލް 26 ގައި ގެޒެޓްކުރި އެ ގަވާއިދުގައިވާ ގޮތުން، ގަވާއިދަށް އަމަލު ކުރަން ޖެހޭނީ ހުޅުމާލޭ ނެއިބަހުޑް އެކަކާއި ދޭއް އަދި ތިނެއްގައި އެކަންޏެވެ. އެ ސަރަހައްދުތަކުގައި ކޮށްފައިވާ ބައެއް އިމާރާތްތަކުގައި މިހާރު ކުރަމުން އަންނަ އެއް މަސައްކަތް ކަމަށްވާ ގެސްޓްހައުސް ހިންގުން ވެސް އެގަވާއިދަށް އަމަލުކުރަން ފެށުމުން މަނާވާނެ އެވެ. އެކަން އެނގެނީ އެ ގަވައިދުގެ ހަތް ވަނަ މާއްދާގެ ހ. އިންނެވެ.

"ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައި ވަނީ އާންމު ދިރިއުޅުމަށް. ނަމަވެސް ބައެއް ހާލަތްތަކުގައި ބިންމަތީ ބައި [ގްރައުންޑް ފްލޯ] އާއި ފުރަތަމަ ފަންގިފިލާ [ފަސްޓް ފްލޯ] އާއި ބޭސްމަންޓް، ދިރިއުޅުން ނޫން ބޭނުންތަކަށް، ކޯޕަރޭޝަން ހުއްދަކުރާ ގޮތެއްގެ މަތިން ބޭނުންކުރެވިދާނެ،" އެ މާއްދާގައި ބުނެފައިވެ އެވެ.

ހުޅުމާލޭގެ ނެއިބަހުޑް އެކަކާއި ދޭއް އަދި ތިނަކުން ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގައި ކުރުން މަނާ ކަންތައްތައް އެ މާއްދާގެ ށ. ގައި ވަނީ ބަޔާންކޮށްފަ އެވެ. އެއީ:

  • ސިނާއީ މަސައްކަތްތައް
  • އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ ނުވަތަ އެފަދަ ތަކެތި ރައްކާކުރެވޭ ތަންތަން ހެދުން
  • އާއްމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވާ ކަންކަމާއި ވަސްދުވާ ކަންތައްތައް
  • ކުނޑި އުފެދޭ ނުވަތަ ހަޑިވާ ފަދަ މަސަައްކަތްތައް
  • ގުދަން ކުރުން (ވެއާހައުސް، ސްޓޯރޭޖް ފަދަ ބޭނުންތަކަށް

އެ ނޫން މަސައްކަތްތައް ވެސް ކުރެވޭނީ އެ ގަވާއިދުގެ ހ. ގައި ބުނާ ގޮތުން ފަސްޓް ފްލޯ އާއި ގްރައުންޑް ފްލޯ އަދި ބޭސްމަންޓްގައި އެކަންޏެވެ.

އާ ގަވާއިދުން އުފެދޭ ބޮޑު އަނެއް މައްސަލައަކީ އެ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ އިމާރާތްތައް ވެސް ގަވާއިދާ އެއްގޮތަށް ބަދަލުކުރަން ޖެހުމެވެ. އެކަން ބަޔާންކޮށްފައި އޮތީ ގަވައިދުގެ 20 ވަނަ މާއްދާގަ އެވެ.

"...މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން އަމަލުކުރަމުން ދިޔަ ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު އުވުނީ. އަދި ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދުގެ ގޮތުގައި އަމަލުކުރާނީ މި ގަވާއިދަށް،" އެ މާއްދާގައިވެ އެވެ.

"ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން އެކުލަވައިލި އެ ގަވައިދު، ގެޒެޓްކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވުމުން އެ ގަވައިދު ގެޒެޓް ނުކުރާތީ ކަންބޮޑުވުން ފާޅުކޮށް އެކޮމިޓީން ރިޕޯޓެއް ވެސް އެކުލަވައިލި އެވެ. އެ ގަވާއިދު ހަތް ދުވަހުގެ ތެރޭގައި ގެޒެޓްކުރަން އަންގާ ގޮތަށް އެ ރިޕޯޓް އޮތް ނަމަވެސް އެ ބައި މަޖިލީހުން ފާހެއް ނުކުރެ އެވެ.

"ހުޅުމާލޭ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވައިދު"ގެ ނަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން އެކުލަވައިލި އެ ގަވައިދު ގެޒެޓް ނުކޮށްގެން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ވެސް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެތައް ފަހަރަކު ހާޒިރު ކުރި އެވެ. އެ ގަވައިދު ގެޒެޓް ކުރުމާ ދެކޮަޅު ހައްދަވައި، އެ ގަވައިދުގައި ހުރި ގިނަ މައްސަލަތަކެއްގެ ތަފްސީލު މިނިސްޓަރު އޭރު ކޮމިޓީއަށް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox