ރައީސް އަޒުލުކުރަން ސޮއިކުރާ މެމްބަރުން ޕާޓީން ވަކިކުރާނަން: އެމްޑީޕީ

ރައީސް އަޒުލުކުރަން ހުށަހަޅާނެކަން އިދިކޮޅުން އިއުލާނުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރައީސް އަޒުލުކުރަން ހުށަހަޅާނެކަން އިދިކޮޅުން އިއުލާނުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޒުލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެއްޖެ ނަމަ އެ މެމްބަރުން ޕާޓީން ވަކިކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވެއްޖެ އެވެ.

ރައީސް އަޒުލުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ވަނީ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕެއް އުފައްދައިފަ އެވެ. އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވެސް އެ ގްރޫޕްގައި ބައިވެރިވެ އެވެ.

ރައީސް އަޒުލުކުރަން މަސައްކަތްކުރާ މެމްބަރުންނަށް އެެމްޑީޕީން ފިޔަވަޅު އަޅާނެތޯ "އަދަދު" ން ސުވާލުކުރުމުން އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ފައްޔާޒް މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ.

އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) އާ އެ ސުވާލުކުރުމުން އޭނާ ވިދާޅުވީ "އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން މިހާރު ވެސް އެ މެމްބަރުން އެތިބީ ވަކިވެފައި" ކަމަށެވެ.

"އެމްޑީޕީގެ އަސާސީ ގަވައިދުގައި އެބަ އޮތް ޕާޓީން ވަކިވާނެ ގޮތް. އޭގެ ތެރޭގައި އޮންނަނީ ބުނެފައި އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވުން [އެއީ ވަކިވާނެ ކަމެއް ކަމަށް]. މިހާރު އުސޫލެއްގެ ގޮތުން އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ތާ އެ ބައިވެރިވަނީ،" އިބުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރަން ޖެހޭ ހަމަ އެކަނި ކަމަކީ އެ މެމްބަރުން ޕާޓީން ވަކިވެއްޖެ ކަން ރަސްމީކޮށްލުމެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސާސީ ގަވާއިދުގައި އެހެން އޮތް ނަމަވެސް އެ ގަވާއިދާ ހަވާލާދީ މެމްބަރުން ވަކިވިކަމަށް އެެމްޑީޕީއަކުން ނުނިންމާނެ އެވެ. އެކަން ކުރިއަށް ގެންދާނީ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ކޮމިޓީއަށް ފޮނުވައިގެން، ވަކިކުރަން ޖެހުނަސް ހަމަ އުސޫލުގެ ތެރެއިން ވަކިކުރާނީ. ކުރާނަން އެކަން،" އިބުރޭ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މަރުހަލާ ފަށާނީ ރައީސް އަޒުލުކުރުމުގެ މައްސަަލަ މަޖިލީހަށް ވައްދާ ހިސާބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފޯޅަވަހި ކޯލިޝަން" ގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ތިއްބެވިއިރު އެ ކޯލިޝަން އިސްވެ އޮވެ ވަނީ ރައީސް ސޯލިހުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފަ އެވެ. ޖުމުލަ 15 މެމްބަރުންނާ އެކު އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox