
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5827 ލިޔުން
ހަބަރުބޮން ގޮއްވާލަން އުޅުނު މައްސަލައިގައި ހުކުމާ ހަމައަށް
އައުއެސް ޖަމާއަތާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަށް މީހެއްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ހުކުމް ކުރުމާ ހިސާބަށް ވަނީ ގޮސްފައި. އެ މީހުންގެ މައްޗަށް މެއި 8، ގެ ކުރިން ހުކުމް ކުރާނެ ކަމަށް ބެލެވޭ.
ހަބަރުއުދަރެސް ބޯޓުން ގެއްލުނު މީހާ ފެނިއްޖެ
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ފަރަކަށް އަރައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދިވެހި މީހާ، އިސްމާއިލް އަފީފް ދިރިހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނޭ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ބާކީ 12 މިހުން ސަލާމަތްކޮށްފައި.
ހަބަރުފީއަލީ ތެޔޮ ޖެޓީގައި އަޅާފައިވާ ބޯޓުތަކެއްގައި ރޯވެ އަނދަނީ
ފ. ފީއަލީ ތެޔޮ ޖެޓީގައި އަޅާފައިވާ ބޯޓުތަކެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ފަށާފައި. މި ހާދިސާގައި މިހާތަނަށް އަލިފާން ރޯވީ ކިތައް ބޯޓުގައި ކަމެއް ސާފެއް ނުވޭ. ނަމަވެސް އަލިފާން ފުރަތަމަ ރޯވީ ތެޔޮ ބޯޓެއްގައި ކަމަށްވޭ.
