ހަރަދު ކުޑަކުރަން ޕީޖީ އޮފީހުން އަންގާރަ ދުވަހު ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް: ޕީޖީ އޮފީހުން ވަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި -- ފޮޓޯ: އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް: ޕީޖީ އޮފީހުން ވަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި -- ފޮޓޯ: އަދަދު

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ބުނެ އެންމެފަހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ފިޔަވަޅުތަކެއް އަޅަން އިއްޔެ ނިންމައިފި އެވެ. 

 ޕީޖީ އޮފީހުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަހެއް ހަމަޖައްސައި، އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކުރަން ނިންމާފަ އެވެ.  މި ފިޔަވަޅުތައް އަޅަން ޕީޖީން ނިންމީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. 

އެ މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު ޕީޖީން މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުަމުން ގެންދާނެ ކަމަށާއި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވާން ވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. 

އޭގެ އިތުރުން  ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ބައްދަލުވުންތަކާއި، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދެވޭ ގޮތަށް ވަނީ އިސްތިސްނާކޮށްފަ އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ޕީޖީ އޮފީހުން އަޅާ އެހެން ފިޔަވަޅުތައް

  • ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވޭ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއަޅައި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުން
  • ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
  • އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން

މި ބަދަލުތަކުގެ ސަބަބުން ޕީޖީން ދޭ ހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމުގެ ޔަގީންކަން އެ އޮފީހުންދެ އެވެ. ޕީޖީގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތައް ހޯދުމަށްވެސް އެ އޮފީހުން އެދެ އެވެ. 

ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކުން ހަރަދު ކުޑަކުރަން ފިޔަވޅުތައް އަޅަން ފަށާފައި މިވަނީ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ނިމުމާއެކުގަ އެވެ. އިންތިހާބުތަކުގެ ކުރިން ހަރަދު ކުޑަކުރަން ފިޔަވަޅުތައް ކުރީބައިގައި ނާޅާތީ އެކަމާ ގުޅިގެން ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް އޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox