އެޗްޑީސީގެ ވެރިންތަކެއް 51 މިލިއަނުގެ ނާޖާއިޒް ފައިދާއެއް ހޯދަން އުޅޭކަމުގެ ތުހުމަތު

ހައުސިން ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ): އެ ކުންފުނީގެ ވެރިންނަށް ފައިދާވާ ގޮތަށް މަޝްރޫއެއް ހިންގަން އުޅޭކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި -- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ): އެ ކުންފުނީގެ ވެރިންނަށް ފައިދާވާ ގޮތަށް މަޝްރޫއެއް ހިންގަން އުޅޭކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި -- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި މައިކްރޯސޮފްޓް ޑައިނަމިކްސް އީއާރުޕީ ސިސްޓަމެއް ގާއިމުކުރުމުގެ މަޝްރޫއު ޕައިނެޓްވޯކް ކުންފުންޏަށް މަންފާވާ ގޮތަށް ބޮޑު އަގުގައި ހަވާލުކުރަން އެ ކުންފުނީގެ އިސްވެރިންތަކެއް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ. 

 އަދަދު އަށް އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ކަންކަމުގައި އެޗްޑީސީން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު އާއި އައިޓީ ހެޑް ޒާހިދު އެވެ. އަސްބާހު އާއި ޕައިނެޓްވޯކުގެ ވެރިންގެ ތެރޭގައި ހިމެނޭ އިސްމާއިލް ނަދީމަކީ މީގެ ކުރިން އާރްޑީސީގައި އެކުގައި މަސައްކަތްކުރެއްވި ދެ އެކުވެރިން ކަމަށް މައުލޫމާތު ލިބެ އެވެ. 

މި މަޝްރޫއަށް އެންމެ ފުރަތަމަ ތިން މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 46 މިލިއަން ދިވެހި ރުފިޔާ ކަނޑައެޅި ނަމަވެސް، މަޝްރޫއު ފެށުމުގެ މަރުހަލާގައި އެ އަދަދު ވަނީ ފަސް މިލިއަން ޑޮލަރަށް (77 މިލިއަން ރުފިޔާއަށް) އިތުރުކޮށްފަ އެވެ.

Advertisement

މީގެ އިތުރުން، ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެ، މަޝްރޫއުގެ އަގަށް އަންނަ ބަދަލުތަކާއެކު 98 މިލިއަން ރުފިޔާއާ ހަމައަށް ހަރަދު ކުރުމުގެ ހުއްދަ ދިނުމަށް ޑީއެމްޑީ އަސްބާހު ވަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އަންގާފައި ކަމަށް މައުލޫމާތު ލިބެ އެވެ. އެއީ އަސްލު ބަޖެޓުގެ ދެގުނައަށްވުރެ ބޮޑު އަދަދެކެވެ. 

މި މަޝްރޫއުގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ތައްޔާރުކުރީ ޕައިނެޓްވޯކްގެ އެހީތެރިކަމާއެކު، ހަމައެކަނި އެ ކުންފުންޏަށް ކުރިމަތިލެވޭނެ ގޮތަށް ބައްޓަންކޮށްގެން ކަމަށް މައުލޫމާތު ލިބެ އެވެ. އެ ބިޑްގައި ބައިވެރިވީ ވެސް ހަމައެކަނި ޕައިނެޓްވޯކުންނެވެ. މަޝްރޫއުގެ އަގު 98 މިލިއަން ރުފިޔާއަށް ބޮޑުކުރަން ޒާހިދު ވެސް ބާރުއަޅަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ޕައިނެޓްވޯކް މެދުވެރިކޮށް މި ސިސްޓަމް ގާއިމުކުރުމަށް ހިނގާނެ އަސްލު ހަރަދަކީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު ކަމަށްވެ އެވެ. މަޝްރޫއުގެ އަގު 98 މިލިއަން ރުފިޔާއަށް ބޮޑުކުރުމުން، ގާތްގަނޑަކަށް 3.3 މިލިއަން ޑޮލަރު ނުވަތަ 51 މިލިއަން ރުފިޔާގެ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ފުރުސަތު ހުޅުވެ އެވެ.   

މި މުއާމަލާތް ކާމިޔާބުވެއްޖެ ނަމަ އެޗްޑީސީގެ ބޯޑު މެންބަރުންނާއި މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރަށް ވެސް ފައިދާތަކެއްވާކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ. 

މި މައްސަލައިގައި އެޗްޑީސީގެ ބަހެއް ހޯދަން އެ ކުންފުނީގެ އެމްޑީ ޒުހައިރަށް މި ނޫހުން ގުޅުމުން އޭނާ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. ޒުހައިރު ވިދާޅުވީ އެޗްޑީސީގެ މީޑިއާއަށް ގުޅައިގެން މައުލޫމާތު ހޯދުމަށެވެ. ނަމަވެސް އެޗްޑީސީގެ މީޑިއާއިން ވެސް އެކަމާ ގުޅިގެން މިހާތަނަށް މައުލޫމާތު ލިބިފައެއް ނުވެ އެވެ. 

އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެ ކުންފުނީގެ އެމްޑީގެ މަގާމުގައި އިބްރާހިމް ފަޒުލް ރަޝީދު ހުންނެވިއިރު ވެސް ފެންމަތިވި އެވެ. އެއާއެކު، އޭނާގެ އިތުރުން އެޗްޑީސީގެ ބައެއް ވެރިންގެ މައްސަލަތައް އެކި އިދާރާތަކަށް ވެސް ހުށަހެޅި އެވެ. އެކަމާ ގުޅިގެން ކުރިމަތިވި ޕްރެޝަރާ ގުޅިގެން އެމްޑީގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox