އެމްޑީޕީއަށް މަރުހަބާ ވިދާޅުވެ ޔާމީން އެދިވަޑައިގަތީ ސަރުކާރު ޖަވާބުދާރީކޮށްދިނުމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައި

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، މި ސަރުކާރު ޖަވާބުދާރީ ކޮށްދިނުމަށް އެ ޕާޓީގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އެދިވަޑައިގެންފި އެވެ. 

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ އެމްޑީޕީން ހޯދި ކާމިޔާބީއާއެކު އެ ޕާޓީގެ ޒިންމާ އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. އެމްޑީޕީން މި ސަރުކާރުން ކުރާ ގޯސް ކަންތައްތަކަށް ޖަވާބުދާރީ ކުރުވާތަން ބަލަން ރައްޔިތުން ތިބި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެމްޑީޕީއަށް މަރުހަބާ ކިޔަން. އަދި އެބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ މިއަދު އެނގޭތޯ، މިއަދު ތިތިބީ ހަމަ ޒިންމާދާރު ޕޮޒިޝަނެއްގައޭ އެނގޭތޯ. ކޮންމެހެން ސަރުކާރު ހިންގާކަށް ނުޖެހޭ ރައްޔިތުންނަށް ހިދުމަތް ކުރާކަށް. އެހެންވީމަ މި ސަރުކާރުން މި ހިންގާ ގޯސްތައް، ރައްޔިތުން މިތިބީ ބަލާށޭ މި ސަރުކާރު ޖަވާބުދާރީ ކުރުވާތަން،" ޔާމީން ވިދާޅުވި އެވެ. 

Advertisement

ޔާމީން ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅައިގެން ތާށިވެފައި ހުރި މައްސަލަތައް ގުންބާކޮށްގެން ވިޔަސް ބަލަން ޖެހޭ ކަމަށާއި އެ ހުރިހާ ޒިންމާއެއް ރައްޔިތުން ހަވާލުކުރީ އެމްޑީޕީއާ ކަމަށެވެ. 

"ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އެނގޭތޯ، އޭސީސީ އާއި އޮޑިޓާ ޖެނެރަލް އަދި ކޯޓުތަކާއި މި ވަދެ ނުނިމި ވަކި ހިސާބެއްގައި ތާށިވެފައި އެނގޭތޯ، ގުންބާ ކުރަންޖެހިގެން ނޫނީ ތާށި ނުފިލައި ހުރި މައްސަލަތައް، އެ މައްސަލަތައް ހައްލުކުރުމުގެ ބާރު މިއޮތީ މިހާރު އެމްޑީޕީ އަތުގައި. ރައްޔިތުން އެބާރު މެންޑޭޓް މިފަހަރު ދިނީ އެމްޑީޕީއަށް،" ޔާމީން ވިދާޅުވި އެވެ. 

އެމްޑީޕީއަށް ލިބިފައިވާ ބާރާއެކު މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލުކޮށްދިނުމަށް އެ ޕާޓީއަށް ގޮވާލައި ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރުމުގެ ލެޖިޓަމަސީ ވެސް ލިބޭނީ އިހުލާސްތެރިކަމާއެކު އެ ޕާޓީން މަސައްކަތް ކޮށްގެން ކަމަށެވެ. 

"މިހާރު މިއޮތް ސަރުކާރާ ހެދި އަބުޅި ޖެހިފައި ހުރި ހުރިހާ ކަންތައްތައް ނިއުޅާލުމުގެ ބާރު އެމްޑީޕީއާށް ލިބުނީ.  އެހެންވީމާ މިއަދު އަޅުގަނޑުމެން މިއަދު އެމްޑީޕީއަށް ވަރަށް އިހުލާސްތެރިކަމާއެކީ އަދި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން މި ގޮވާލަނީ މިހެން ހުރި މައްސަލަތައް ހައްލުކޮށްދޭށޭ. ހައްލުކޮށްދިނީމަ އެމީހުންނަށް ލެޖިޓަމަސީ ލިބެނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި ރިޔާސީ އިންތިހާބަށް ކުރިމަތިލާން ވެސް،" ޔާމީން ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންއެފް އިން އެދުނީ ޕީއެންސީއަށް ވޯޓު ނުދިނުމަށް ކަމަށާއި އޭގެ މާނައަކީ އެމްޑީޕީއަށް ވޯޓު ދިނުން ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ މާލޭ މޭޔަރުގެ ގޮނޑި ވެސް އެމްޑީޕީއަށް ލިބުނީ ޕީއެންއެފްގެ ކެންޑިޑޭޓް އިސްމައިލް ޒަރިޔަންދު ވާދަކޮށް ހޯދި ވޯޓާއެކުގައި ކަމަށެވެ. 

މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. 

ބޮޑެތި އާބާދީތަކުން އެމްޑީޕީ ކުރި ހޯދިއިރު, ހުރިހާ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަން ވެސް ލިބުނީ އެ ޕާޓީއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox