އަތޮޅުތައް ތަރައްގީ ކުރެވޭނީ މާލެއިން އަމުރު ނުކޮށް، ކައުންސިލްތައް ބާރުވެރިކޮށްގެން: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުވި އަލީ ނިޒާރު އަތޮޅުތައް ތަރައްގީކުރެވޭނީ ކައުންސިލްތައް ބާރުވެރި ކޮށްގެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އައްޑޫ ސިޓީގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުވި އަލީ ނިޒާރު އަތޮޅުތައް ތަރައްގީކުރެވޭނީ ކައުންސިލްތައް ބާރުވެރި ކޮށްގެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އަތޮޅުތައް ތަރައްގީކުރެވޭނީ މާލެއިން އަމުރު ކުރުމުގެ ބަދަލުގައި ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވި އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.  

އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ  މާލެއިން އަމުރު ކުރާ ގޮތަށް ހިންގާ އަތޮޅުތަކަށް ކުރިއަށް އޮތް 100 އަހަރު ތެރޭގައިވެސް ތަރައްގީއެއް ނާންނާނެ ކަމަށާއި އޭގެ ބަދަލުގައި ކައުންސިލްތައް ބާރުވެރިކުރަން ޖެހޭ ކަމަށެވެ. 

"އަތޮޅުތައް ހިންގުމަށް ލާމަރުކަޒުކޮށްގެން ކައުންސިލްތައް ހުރިހާ ގޮތަކަށް ބާރުވެރިކޮށްގެން ނޫން ގޮތަކަށް ރާއްޖޭގައި އަތޮޅުތައް ހިންގޭނެ، އަތޮޅުތަކަށް ތަރައްގީ ގެނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. މާލޭގައި ޖަމާކުރެވޭ ބާރުތަކާއި، މާލެއިން ދަންނަވާ ގޮތަށް ހިންގޭ އަތޮޅުތަކަށް ތަރައްގީއެއް ނާންނާނެ. އަދި 100 އަހަރުންވެސް އެކަންކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ. 

Advertisement

އަތޮޅުތަކުގެ ރައްޔިތުން ތިބީ ވަރަށް ހާލުގައިކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ އަސާސީ ގިނަ ހިދުމަތްތަކެއް އަތޮޅުތަކުގައި ފުރިހަމަ ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ނިމިދިޔަ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށްވެސް ހަ ގަޑިއިރަށް އައްޑޫ ސިޓީން ކަރަންޓު ދިޔަ ކަމަށެވެ 

"އަޅުގަނޑުމެން އަތޮޅުތަކުގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި. އަސާސީ އެތައް ކަމެއް އަޅުގަނޑުމެންނަށް ފުރިހަމަ ނުވޭ. ފެނާއި ނަރުދަމާއެއް ނެތް. ރަނގަޅު މަގެއް ނެތް. އައްޑޫ ސިޓީގައި އިންތިހާބަށް 48 ގަޑިއިރުވީ އިރުވެސް އަޅުގަނޑުމެން ނުނިދާ ތިބެ އިންތިހާބުގެ ވޯޓުލާން ދާން ޖެހުނީ. ހަ ގަޑިއިރަށް އައްޑޫ ސިޓީގައި ކަރަންޓު ކެނޑިފައި އޮތް،" އޭނާ ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ކަރަންޓުގެ ހާލަތު ރަނގަޅު ނުކުރެވިގެން އުޅޭތާ ހަތް އަހަރުވެފައިވާއިރު، ދައުލަތުގެ ބަޖެޓު އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނައިރު އައްޑޫ ސިޓީ ރައްޔިތުންގެ ހިއްސާ ނުލިބޭ ކަމަށެވެ. 

"ކިތައް އަހަރުތޯ މި އާދޭސް ކުރާތާ. ކިތައް އަހަރުތޯ. ހަތް އަހަރު އައްޑޫ ސިޓީގައި ރަނގަޅަށް ކަރަންޓުގެ ހާލަތު ރަނގަޅު ނުކުރެވިގެން އުޅޭތާ. ދައުލަތުގެ ބަޖެޓު ކޮންމެ އަހަރަކު 40 އިން 56 ބިލިއަނަށް މި އަހަރު ފާސްކޮށްފައި އެ އޮތީ. ކޮބައިތޯ އައްޑޫ ސިޓީ ރައްޔިތުންގެ ހިއްސާ. މި ދައުލަތަށް މި ގައުމަށް ލިބޭ ފައިސާއަށް އަޅުގަނޑުމެން އާދޭސްކުރަން އެބަ ޖެހޭތޯ" ނިޒާރު ވިދާޅުވި އެވެ. 

ރައްޔިތުން ހޮވާ ރައްޔިތުންގެ ބާރު ލިބޭ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދީ، މާލީގޮތުން ބާރުވެރިކުރުވައިގެން ނޫން ގޮތަކަށް އަތޮޅުތައް ތަރައްގީ ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ނިޒާރު ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ 2028 ވަނަ އަހަރު އަނެއްކާވެސް އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއްކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ނަތީޖާއަށް ވާސިލުވެވޭނީ އެމްޑީޕީގެ ލީޑާޝިޕް އެކަތިގަނޑެއް ގޮތަށް މަސައްކަތް ކޮށްގެން ކަމަށެވެ. 

ނިމިދިޔަ ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރުކަން ނިޒާރު ދިފާއުކުރެއްވީ 8.792 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީއަށް ލިބުނީ 4،259 ވޯޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox