އައިކެއާ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް އިސްމާއިލް އަފްޒަލް

އައިކެއާގެ ނަޔާ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިސްމާއިލް އަފްޒަލް (ކ) އާ އިނާމު ހަވާލުކުރުން -- ފޮޓޯ: އައިކެއާ

އައިކެއާގެ ނަޔާ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިސްމާއިލް އަފްޒަލް (ކ) އާ އިނާމު ހަވާލުކުރުން -- ފޮޓޯ: އައިކެއާ

އައިކެއާ އޮޕްޓިކަލްސްއިން ނިމިދިޔަ ރޯދަމަހު ކުރިއަށްގެންދިޔަ "ނަޔާ ރޯދަ ހަދިޔާ" ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބުނު ނަސީބުވެރިޔަކަށް އިސްމާއިލް އަފްޒަލް ހޮވިއްޖެ އެވެ.

އައިކެއާގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދިނީ ސްރީލަންކާއަށް ކުރާ އާއިލީ ދަތުރެކެވެ. 

މިގޮތުން ނަސީބުވެރިޔަކަށް ހޮވުނު އިސްމާއިލް އަފްޒަލްއަށް ހަތަރު މީހުންގެ އާއިލާ ނުވަތަ ރައްޓެހިންނާއެކު ސްރީލަންކާގައި ހަތަރު ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭއިރު، އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުންބުއިމުގެ އިތުރުން ކެންޑީ، ނުވަރައެލިއާ އަދި އެލާ ފަދަ މަންޒިލުތަކަށް ޒިޔާރަތްކުރުން ހިމެނެ އެވެ. 

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރުސަތު ދިނީ އެއްފަހަރާ 500ރ. އިން މަތީގެ ވިޔަފާރި ކުރި ކަސްޓަމަރުންނަށެވެ. އެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށް ކަސްޓމަރުންނަށް އައިކެއާއިން ޝުކުރު އަދާކުރި އެވެ. 

އައިކެއާގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox