ފަހަތަށް ޖެހެވޭކަށް ނެތް، ރައްޔިތުން އެދެނީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރަން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މިއީ ފަހަތަށް ނުޖެހި އެންމެން އެކީގައި ގޮސް މި ސަރުކާރު ބަލިކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މިއީ ފަހަތަށް ނުޖެހި އެންމެން އެކީގައި ގޮސް މި ސަރުކާރު ބަލިކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ދިވެހި ރައްޔިތުން އެދެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަށް ނުޖެހި އެކީގައި ކުރިއަށް ދިޔުމަށް ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ. 

ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަކަމާއި އަދުލުއިންސާފުގެ އިތުރުން ލާމަރުކަޒީ ނިޒާމުން ދައުލުން ހިންގުން ކަމަށްވާއިރު، އެ އުންމީދުގައި ތިބި އެންމެން އެކީގައި ކުރިއަށްދާންޖެހޭ ކަމަށެވެ. 

"ރާއްޖޭގެ ރައްޔިތުންގެ އުންމީދު ތިލަފަތަށް މާ ބޮޑު. ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަކަން، އަދުލުއިންސާފު، ކުރިއަށްދިއުން، ތަރައްގީ، ލާމަރުކަޒީ ނިޒާމުން މި ދައުލަތް ހިންގުން. އެ އުންމީދުގައި އަޅުގަނޑުމެންނާއެކު ތިބި ހުރިހާ ރައްޔިތުންނާ އެކުގައި ކުރިއަށްދަމާތޯ. އަޅުގަނޑުމެންނަށް ފަހަތަށް ޖެހެވޭކަށް ނެތް. އަޅުގަނޑުމެން ދާން ރައްޔިތުން އެދެނީ ކުރިއަށް. ރައްޔިތުން އެދެނީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކޮށްލަން،" ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތަކަށް މިއަދުވާންޖެހޭނީ އެކަތިގަނޑެއް ގޮތުގައި އެކުވެރިކަމާއެކު ފެށި މަސައްކަތް ގޮސް ނިންމާލުން ކަމަށާއި އެ މަސައްކަތަކަށްވާންޖެހޭނީ އެންމެން އެކީގައި ގޮސް މި ސަރުކާރު ބަދަލުކޮށް ގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށެވެ. 

"އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންޖެހޭނީ މިއަދު މުޅި ރާއްޖެ ރަންރީނދޫ ވެގެންދާއިރު އެކަތިގަނޑެއް ގޮތުގައި އެކުވެރިކަމާއެކީގައި މިހާރު މިފެށި މަސައްކަތް ގެންގޮސް ނިންމާލުން. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންޖެހޭނީ މިއަދު މިއޮތް ސަރުކާރު ބަލިކޮށްލުން. ބަދަލުކޮށްލުން. ރާއްޖެ ހަމަ މަގަށް އެޅުވުން،" އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް އެންމެން އެއް އަމާޒެއްގައި މި ސަރުކާރު ބަދަލުކޮށް ރާއްޖެއަށް ހެޔޮގޮތްހޯދައިދިނުމަށް އެންމެން އެކުވެރިކަމާއެކު ކުރިއަށްދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލުތަފާތުވުންތައް އެއްކިބާކޮށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ މި ސަރުކާރު ބަދަލުކޮށްލާ، ރާއްޖެއަށް ހެޔޮގޮތް ހޯދުމަށް. އެކަމަށް ގުޅިވަޑައިގަންނަވާ. އެކަމަށް އެކުވެރިވެވަޑައިގަންނަވާ. އެކަމަށް އެކުގައި ކުރިއަށް ވަޑައިގަންނަވާ،" ޝާހިދު ވިދާޅުވި އެވެ. 

މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. 

ބޮޑެތި އާބާދީތަކުން އެމްޑީޕީ ކުރި ހޯދިއިރު, ހުރިހާ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަން ވެސް ލިބުނީ އެ ޕާޓީއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox