ފ. ފީއަލީ ތެޔޮ ޖެޓީގައި އަޅާފައި އޮތް ބޯޓުތަކެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ފިއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފ. ނިލަންދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ޖެހިގެން ހުރި ބޯޓުތަކަށް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ރޯވީ ކިތައް ބޯޓުގައި ކަމެއް ސާފެއް ނުވެ އެވެ.
މީގެއިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.












