މާލޭ ބަނދަރު ފުރިގެން ލަންކާގައި 4000 އަށް ވުރެ ގިނަ ކޮންޓެއިނަރު ތާށިވެފައި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެއަށް ނުގެނެވި ލަންކާގައި ތާށިވެފައި ހުރި 4،200 ކޮންޓެއިނަރުގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ކޮންޓެއިނަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެއަށް ނުގެނެވި ލަންކާގައި ތާށިވެފައި ހުރި 4،200 ކޮންޓެއިނަރުގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ކޮންޓެއިނަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި.

މާލޭގެ ވިޔަފާރި ބަނދަރު ފުރިގެން، ސްރީލަންކާގެ ކޮލަމްބޯގައި 4،200 ކޮންޓެއިނަރު ތަށިވެފައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ރާއްޖެއަށް ގެންނަ ގިނަ މުދާ ކޮންޓެއިނަރު ގެންނަނީ ކޮލަމްބޯ މަގުންނެވެ. ކޮލަމްބޯއިން ބޯޓު ފުރަނީ މާލޭގެ ވިޔަފާރި ބަނދަރުން ޖާގަ ލިބޭ މިންވަރަކުންނެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ ނުގެނެވި 4،000 ކޮންޓެއިނަރު ކޮލޮމްބޯގައި ތާށިވެފައި ހުރިއިރު، އެ އަދަދު އިއްޔެގެ ނިޔަލަށް 4،200 އަށް އަރާފައިވާ ކަމަށެވެ. 

"މިއަދު ހެނދުނު އަޅުގަނޑަށް ލިބުނު ފިގާއަކީ 4،200 ކޮންޓެއިނަރު ކޮލޮމްބޯގައި އެބަހުރިކަން ސްޓަކްވެފައި އެނގޭތޯ. ނުވަތަ އައުމުގެ މަގުމަތީގައި. އަބަދުވެސް އަންނަމުންދަނީ. އެހެންނަމަވެސް މިވަގުތު ކޮލޮމްބޯގައި 4،200 ކޮންޓެއިނަރު އެބަހުރިކަން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ވަކި ވައްތަރެއްގެ މުދާތައް ރާއްޖެއަށް ނުގެނެވި ލަންކާގައި ތާށިވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރަން  އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިވެރިންނާއި މުދާ އެތެރެކުރާ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. 

މިގޮތުން ލަންކާގައި ތާށިވެފައި ހުރި ސަންފްލާވާ ތެޔޮ އަދި ކިރު ކޮންޓެއިނަރުތައް ތަންކޮޅެއް އަވަހަށް ރާއްޖެ ގެނެވޭނެ އިންތިޒާމު ހަމަޖައްސަން ވިޔަފާރިވެރިން އެދުމުން އެ ދެ ބާވަތް ވީހައިވެސް އަވަހަކަށް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. 

"މިނިސްޓްރީން މިއަދު ހެނދުނު ވިދާޅުވީ ދެ ޕްރޮޑަކްޓެއް ތަންކޮޅެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރިކުއެސްޓްކޮށްފައި އެބައިނޭ. އެހެންވީމަ އެ ދެބާވަތްވެސް އަޅުގަނޑުމެން މިގެންދަނީ އަވަސް ކުރަމުން،" ސައީދު ވިދާޅުވި އެވެ. 

މާލެއަށް ބަނދަރުކުރާ އާގުބޯޓަކުން މުދާ ހުސްކުރަން 17 ދުވަސް, ވިޔަފާރިތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް!

މީގެ ކުރިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުދާ ބޯޓުން ބާލައި ބާޒަރަށް ނެރެވޭއިރު އެ މުއްދަތު އިތުރުވުމާއެކު ވިޔަފާރިތަކުގެ ސްޓޮކަށް ވެސް އަސަރުކުރަން ވަނީ ފަށާފަ. އެއާއެކު އާމްދަނީ ވެސް ދަށްވާން ފަށާފައިވާ ކަމަށް ވިޔަފާރިތަކުން ބުނޭ.

މާލޭ ވިޔަފާރި ބަނދަރަށް ބަނދަރުކުރާ އާގުބޯޓުފަހަރުން މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ ލިބޭ މާލީ ގެއްލުންތަކާ ގުޅިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގެ ކެޕޭސިޓީއަކީ 2،750 ކޮންޓެއިނަރެވެ. ދޭތެރެދޭތެރެއިން މުދާ ހުސްކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، މިހާރު އެވްރެޖުކޮށް ބޯޓަކުން މުދާ ހުސްކުރަން 17 ދުވަސް ހޭދަވެ އެވެ. 

ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ތިލަފުށީގައި ގާއިމުކޮށްފައިވާ "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. އެ ތަނުގައި 3،000 ކޮންޓެއިނަރު ބެހެއްޓުމުގެ ޖާގަ ހުރެ އެވެ.

މީގެ ކުރިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުދާ ބޯޓުން ބާލައި ބާޒަރަށް ނެރެވޭއިރު އެ މުއްދަތު އިތުރުވުމާއެކު ވިޔަފާރިތަކުގެ ސްޓޮކަށް ވެސް އަސަރުކުރަން ވަނީ ފަށާފަ އެވެ.

ރާއްޖެއަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި ގެންނަ ބައެއް ވިޔަފާރިތަކުގެ ޝިޕްމަންޓުތައް ވެސް ކްލިއާ ނުކުރެވި ހުރިކަން ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކަށް ސަޕްލައި ކުރާ ވިޔަފާރިތައް ވެސް ހިމެނެ އެވެ.

މީގެ 40 އަހަރުކުރިން ސެޕްޓެމްބަރު 1986، ގައި ހުޅުވި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައަށް މިވީ މުއްދަތުގެ ތެރޭގައި މާ ބޮޑު ހައްލެއް ހޯދިފައެއް ނުވެ އެވެ. ވިޔަފާރި ބަނދަރު އެއްވަރެއްގައި އޮތްއިރު ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ނިސްބަތް އަންނަނީ ކޮންމެ އަހަރަކުހެން އެތައް ގުނައަކުން އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox