މެންދުރު ބޮޑުކުރި މަސްދަޅުގެ އަގު އިރުއޮއްސުނުއިރު ކުޑަކޮށްފި

މިފްކޯ މަސްފިހާރަތެރެ؛ މިފްކޯއިން މިހާރު ތެޔޮ މަސްދަޅު ކޭހެއް ލިބެނީ  -- ފޮޓޯ: އަދަދު

މިފްކޯ މަސްފިހާރަތެރެ؛ މިފްކޯއިން މިހާރު ތެޔޮ މަސްދަޅު ކޭހެއް ލިބެނީ -- ފޮޓޯ: އަދަދު

އިންތިހާބުތައް ނިމުމަށް ފަހު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވަނިކޮށް އިންތިހާބު ނިމުނުތާ ދެ ދުވަސް ނުވަނީސް، ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު މިއަދު މެންދުރު ބޮޑުކުރުމަށްފަހު، އިރުއޮއްސުނުފަހުން އަނެއްކާވެސް މަސްދަޅުގެ އަގު ކުޑަކޮށްފި އެވެ. 

މިފްކޯއިން ބުނީ މަސްދަޅުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިންވެސް ވިއްކަމުންދިޔަ އަގަށް މަސްދަޅު ވިއްކަން ނިންމާފައިވާ ކަމަށެވެ. 

މިފްކޯއިން މިއަދު މެންދުރު ތެޔޮ މަސްދަޅެއްގެ އަގު 18.50ރ. އަށް ބޮޑުކުރިއިރު، މަސްދަޅު ކޭހެއްގެ އަގުބޮޑުކުރީ 800ރ. އަށެވެ. ނަމަވެސް މިފްކޯއިން ވަނީ ކުރިން ތެޔޮ މަސްދަޅު ވިއްކި އަގު ކަމަށްވާ 17.50ރ. އަށް އަގު ކުޑަކޮށްފަ އެވެ. އެއާއެކު، ތެޔޮ މަސްދަޅު ކޭހެއް މިހާރު ކުރިން ވިއްކި އަގު ކަމަށްވާ 760ރ. އަށް ލިބެ އެވެ. 

Advertisement

މިފްކޯއިން ބުނީ މަސްދަޅުގެ އަގުބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާއެކުގައި ކަމަށެވެ. 

މާޗު މަހުގެ ކުރިން 11.57ރ. އަށް ލިބުނު ތެޔޮ ލީޓަރެއް މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަން އެ ކުންފުނިން ފާހަގަކުރި އެވެ. 

އެ ކުންފުނިން ބުނީ ދުނިޔޭގެ އިގްތިސާދަށް މިހާރު އައިސްފައިވާ ހިނަރުކަމާއެކު ކުރިމަތިވާ ގޮންޖެހުންތަކުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވިޔަސް، ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންނަށް އަސަރު ކުޑަވާ ގޮތަށް ކަމަށެވެ. 

މިފްކޯ އިން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ރަސްމީ ގަޑި ކުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ވިސްނަމުންދާ ކަމަށް އިއްޔެ ބުނެފަ އެވެ. 

މިގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މައި އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތައް ހުޅުވާ ގަޑި ހެނދުނު 8:00 އިން މެންދުރު 2:00 އަށް ވަނީ ކުރުކޮށްފަ އެވެ.  މީގެ ކުރިން ހަވީރު ހަތަރެއް ޖަހަންދަން އޮފީސްތައް ހުޅުވާފައި ހުރެ އެވެ.

މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދުވަސްވީ ކުންފުންޏެއް ނަމަވެސް، ހިންގުމުގައި އެތައް މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހޭއިރު، ހަރަދުތައް ހަމަޖައްސަން ބަރޯސާވަނީ ސަބްސިޑީތަކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox