އައިއެސްއާ ގުޅިގެން ބޮން ގޮއްވާލަން އުޅުމުގެ ތުހުމަތުވީ އަށް މީހަކަށް ހުކުމް ކުރުމާ ހިސާބަށް

ޓެރަރިޒަމްގެ އެކި ދައުވާތައް އުފުލާފައިވާ އަށް މީހުން: އެ މީހުންގެ މައްޗަށް މެއި 8، ގެ ކުރިން ހުކުމް ކުރާނެ ކަމަށް ބެލެވޭ

ޓެރަރިޒަމްގެ އެކި ދައުވާތައް އުފުލާފައިވާ އަށް މީހުން: އެ މީހުންގެ މައްޗަށް މެއި 8، ގެ ކުރިން ހުކުމް ކުރާނެ ކަމަށް ބެލެވޭ

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މީގެ ފަސް އަހަރު ކުރިން ޓެރަރިޒަމްގެ އެކި ދައުވާތައް އުފުލާފައިވާ އަށް މީހެއްގެ މައްސަލައިގައި ހުކުމް ކުރުމާ ހިސާބަށް ގޮސްފި އެވެ. 

ދައުލަތުން ބުނާ ގޮތުގައި މި އަށް މީހުންނަކީ ތ. ތިމަރަފުށީގައި ޓެރަރިސްޓު ސެލްއެއް ހަދައިގެން އުޅުނު ބަޔެކެވެ.

މި މީހުންނަށް ދައުވާ ކުރީ އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަކަށް ތާއީދުކޮށް ޓެރަރިޒަމްގެ ހިތްވަރުދީ، ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދެއްކުމުގެ ތުހުމަތު ކުރެވޭތީ އެވެ. 

Advertisement

މި މީހުން ވަނީ، ދައުލަތުން ތުހުމަތު ކުރާ ގޮތުގައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް އައީޑީއެއް ތައްޔަރުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޮއްވާލަން އުޅެފަ އެވެ. ފުލުހުން ކުރިން ބުނެފައިވަނީ، ގޮއްވާލަން އުޅުނު އެއް ތަނަކީ ތިމަރަފުށީގެ ސްކޫލުގެ ލެބޯޓްރީ ކަމަށެވެ.

ދައުވާ އުފުލި އަށް މީހުން:

  1. ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު
  2. ތ. ތިމަރަފުށި، އަސުރުމާގެ މުހައްމަދު އާސިރު
  3. ތ. ތިމަރަފުށި، ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް
  4. ތ. ތިމަރަފުށި، އަސްރަފީވިލާ އަހްސަން މުހައްމަދު
  5. ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު
  6. ތ. ތިމަރަފުށި، ސައިމާ ޝަމާހު ޝަރީފް
  7. ނ. ކުޑަފަރި، ރޯޒްމީޑު ޢިބްރާހިމް ލޫތު
  8. ރ. ކަނދޮޅުދޫ، އަލީ އަރުހަމް މުހައްމަދު

މި މައްސަލައިގައި ދައުވާ ކުރުމަށް ފެބްރުއަރީ 8، 2021 ގައި ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ނިންމާލީ އިއްޔެ އެވެ. އިއްޔެގެ އަޑުއެހުމުގައި ދައުލަތާއި ދިފާއުން ހުލާސާކޮށް ވާހަކަދައްކައި، ދެ ފަރާތުން ފަހު ބަސް ވަނީ އިއްވާފަ އެވެ. 

ސްކޫލް ކުދިންތަކެއް މަރަންރޭވި ކަމަށް ތުހުމަތުވާ މައްސަލާގައި ގިނަ ހެކިތައް ސިއްރުނުވި

ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމުގެ ތުހުމަތުވާ އަށް މީހެއް ވެގެން، އެރަށު ސްކޫލް ގޮށްވާލަން އުޅުނީ ހުޅަނގުގެ ތައުލީމާއި އެމީހުންގެ ގަބޫލުކުރުންތަކާއި ހިލާފުވާތީ ކަމަށް ދައުލަތުން ބުނޭ

 ޖިނާއީ އިޖުރާއަތު ގާނޫނު ބުނާގޮތުން ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ބޭއްވޭ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި މައްސަލާގައި ހުކުމް ކުރަންޖެހޭނެ އެވެ. އެހެން ކަމުން އަންނަ މަހުގެ 8 ގެ ކުރިން މައްސަލައިގައި ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ. 

އެ މީހުންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި،  ޓެރަރިސްޓު ޖަމާއާތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމާއި، ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން އަދި  އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ހިމެނެ އެވެ. 

އޭގެ އިތުރުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރުވަމުންދިއުމާއި، ދަތުރު ދިޔުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީންތައް ހަދަމުންދިޔުމާއި ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއްގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވާ ކަމަށް ވެސް އެ މީހުންގެ މައްޗަށް ތުހުމަތުކުރެ އެވެ.

ޕީޖީ އޮފީހުން ބުނީ، މި ސެލްގެ މީހުން ވަނީ ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔުމަށް ބާރުއަޅާފައި ކަމަށެވެ. އަދި، ހަރުކަށި ފިރުކުރުގެ ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކުރެވެ އެވެ.

ތިމަރަފުށި މައްސަލައިގައި ހިމެނޭ މީހުން ތިބީ ހައްޔަރުކުރި ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މި މީހުން ބަންދުގައި ތިބި މުއްދަތު ދިގުލައިގެން ދިޔުމުން "އެންޑް ވާނުވާ" އެއްވުންތަކުގައި އާއިލާތަކުން ބައިވެރިވެ އަޑު އުފުލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox