އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރޭ އާއި ލީގަލް ޑައިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރޭ: އޭނާ މަގާމުން ވަކި ކުރި ސަބަބެއް ބުނެފައެއް ނުވޭ -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރޭ: އޭނާ މަގާމުން ވަކި ކުރި ސަބަބެއް ބުނެފައެއް ނުވޭ -- ފޮޓޯ: އަދަދު ފައިލް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) މިއަދު ވަކިކޮށްފި އެވެ. 

މަގާމުން ވަކި ކުރިކަން ވަހީދަށް އަންގައިއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީގައި ވަކި ކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ. ވަހީދަކީ ޗެއާޕާސަންގެ ނައިބު، އިދާރީ، އެވެ. 

އެ ސިޓީގައި ޣަފޫރު ވިދާޅުވީ ވަހީދު މަގާމުން ވަކި ކުރީ އެ މަގާމުން އޭނާ ވަކި ކުރަން ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިނުވާތީ ކަމަށެވެ. 

"ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބަޔާންކޮށްފައިނުވާތީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުން އިބްރާހިމް ވަހީދު ވަކިކޮށްފި ކަމުގައި ދެންނެވިން،" ޣަފޫރު ވިދާޅުވެފައިވެ އެވެ. 

އިބުރޭގެ އިތުރުން އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކި ކުރަން ޣަފޫރު ފޮނުވި ސިޓީގައި ވެސް ވަކި ކުރި ސަބަބެއް ނުބުނެ އެވެ. 

އެމްޑީޕީގެ ބައެއް މަގާމުތަކުން މީހުން ވަކި ކުރަން މި ފެށީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގެ ކުރިން ޕާޓީގެ ފެކްޝަންތަކުގެ ޖެހުނު މައްސަލައެއް އާންމުންނާ ހަމައަށް ތިލަވި ފަަހުންނެވެ. 

ކާމީޔާބީ ފާހަގަ ކުރަން އެމްޑީޕީ އިން ބޭއްވި ޖަލްސާއަށް އެތެރޭގެ އަރައިރުންވުމުގެ ހިޔަނި

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި ޖަލްސާއަށް، އެ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ހިޔަނި އެޅިއްޖެ. ޚާއްޞަކޮށް ނަޝީދަށް ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދިން ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީގެ އާންމު މެންބަރުން ގެ ނުރުހުން އެބައޮތް.

ވޯޓުގެ ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގެ ކުރިން ޖެހުނު މައްސަލަ

ޕާޓީގެ ތެރޭގައި އިއްޔެ މައްސަލަ ޖެހުނީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމި ކަމަށް އަޑު ފެތުރުމުންނެވެ. 

"މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ،" އެފްރިކާގެ ގާނާގައި ދިރިއުޅުއްވަމުން މި ނިމުނު އިންތިހާބުގެ ކެމްޕެއިނަށް ރާއްޖެ ވަޑައިގެން އުޅުއްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

ނަޝީދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަކީ ޕާޓީގެ މައިގަނޑު ތިން ފެކްޝަނުގެ ތެރެއިން އެއް ފެކްޝަނުގެ ދެ ލީޑަރުންނެވެ. ދެން އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. 

ނަޝީދުގެ ފެކްޝަނުން ބުނީ، އެ ޖަލްސާގައި ވާހަކަ ދައްކަވަން ނަޝީދަށް ފުރުސަތު ދިނުމަށްފަހު ކެންސަލް ކުރީ ކަމަށެވެ. އެ ނިންމުން ނިންމީ، ސޯލިހުގެ ބާރުއެޅުއްވުމަށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރެ އެވެ. 

‏"ޗެއާ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަނޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ. ވިދާޅުވީ ތިމަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް. ކޮންމެޔަކަސް ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށް އަޅުގަނޑަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނޭ. ކާމިޔާބު ޖަލްސާއަކަށް އެދެން،" އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ފައްޔާޒް ވިދާޅުވެފައިވެ އެވެ.  

އެންމެފަހުން ނަޝީދު އާއި ފައްޔާޒް ރޭގެ ޖަލްސާއަށް ވެސް ވަޑައިނުގެންނެވި އެވެ. އެކަމަކު، އެ ދެ ބޭފުޅުންގެ ނަން ޖަހާފައި އިން ދެ ގޮނޑި ޖަލްސާގައި ހުހަށް އިނެވެ. އެ ދެ ބޭފުޅުން ޖަލްސާއަށް ވަޑައިނުގަތުމުން އެ ދެ ގޮނޑި އެތަނުން ނުނެގި ސަބަބެއް ނޭނގެ އެވެ. 

އެ ޖަލްސާގެ ތެރެއިން، ޖަލްސާއަށް ދިޔަ ނަޝީދުގެ ސަޕޯޓަރުން "އަންނި ކޮބާހޭ" ގޮވަމުންދިޔަ އެވެ. އެ ދަނޑިވަޅު މެންބަރުންތަކެއް އެއްތަނަކަށް ބޮނޑިވެ، އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި، އިނގިލި ދިއްކޮށް ހެދި މަންޒަރު ފެނުނެވެ. 

އެ ޖަލްސާއަށް ފަހު ދަންވަރު 1:16 ގައި ޗެއާޕަސަން ގަޕޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒްއަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، ވާހަކަތައް ފެތުރުނީ ޖަލްސާގައި ވާހަކަ ދައްކަވަން ފައްޔާޒް އާއި ނަޝީދު އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަނިކޮށް ކަމަށެވެ. 

"މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ޗެއާ ފަޔާ އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި. އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރުއްވި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަ ކުރަން،" ހަނިމާދޫ ދާއިރާގެ މެންބަރުގެ މަގާމުގައި ވެސް ހުންނެވި ގަޕޯ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox