ސައީދުގެ ވާހަކަތަކުން ދޭހަވީ ސިމެންތީގެ ދަތިކަން ކުރިމަތިއިރު ވެސް ކާރިސާ ކޮމިޓީއަށް ނޭނގޭކަން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ސިމެންތީގެ ދަތިކަން ކުރިމަތިއިރުވެސް ކާރިސާ ކޮމިޓީއަށް ނޭނގޭކަން މިނިސްޓަރުގެ ވާހަކައިން ވަނީ ދޭހަވެފައި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ސިމެންތީގެ ދަތިކަން ކުރިމަތިއިރުވެސް ކާރިސާ ކޮމިޓީއަށް ނޭނގޭކަން މިނިސްޓަރުގެ ވާހަކައިން ވަނީ ދޭހަވެފައި -- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ސިމެންތި ލިބުމުގައި ދަތިތަކެއް ކުރިމަތިވިއިރު ވެސް، އެކަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކެބިނެޓް މިނިސްޓަރުންގެ ކާރިސާ ކޮމިޓީއަށް ނޭނގޭކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައިން ދޭހަވެއްޖެ އެވެ. 

މިއަދު ކާރިސާ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ސިމެންތީގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާކަން އެނގުނީ އެފަދަ ވާހަކަތަކެއް ދެކެވެން ފެށުމުން ކަމަށެވެ. އެކަމާ ގުޅިގެން ކާރިސާ ކޮމިޓީން ކުރި ގިނަ މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ. 

"ސިމެންތި ލިބުމުގައި ދަތިތަކެއް ހުރި ވާހަކަތަކެއް ދިޔަ. އެހެންނަމަވެސް އެ ވާހަކަ އަޅުގަނޑުމެންނަށް އެޑްރެސްވި ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ކޮމިޓީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި ވަރަށް ގިނަ ކުރިއެރުންތަކެއް ލިބި، މިހާރުވެސް އެސްޓީއޯއަށް ސިމެންތި ގެންނަން، މިހާރުވެސް ސިމެންތި ގެންނަ މާކެޓުން ސިމެންތި އެބަ ގެނޭ،" ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ ކޮމިޓީން ކުރި މަސައްކަތުން ރާއްޖެއިން ސިމެންތި ހުސްވުމުގެ ހާލަތެއް ނުވަތަ ސިމެންތީގެ ދައްޗެއް މެދުވެރިވިޔަސް ސިމެންތި ރާއްޖެ ގެންނާނެ އިތުރު ހަތަރު ސަޕްލަޔަރުން މިހާރު ހޯދިފައިވާ ކަމަށެވެ. 

އެ ހަތަރު ސަޕްލަޔަރުން ހޯދުނީ ފޮރިން މިނިސްޓްރީ އާއި އެކުވެރި ގައުމުތަކާއެކު ކުރި މަސައްކަތުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ކޮން ހަތަރު ސަޕްލަޔަރުންނެއް ކަމެއް ސައީދު ހާމައެއް ނުކުރައްވަ އެވެ. 

މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް ބަސްތާއެއްގެ އަގު 250 ރުފިޔާއިން މައްޗަށް އަރައިފި

ވިލާއިން ސިމެންތި ބަސްތާއެއް ވިއްކަނީ 254 ރުފިޔާއަށެވެ. އެކަމަކު ވިލާގެ ހުޅުމާލެ ބްރާންޗުން ސިމެންތި ބަސްތާއެއް ވިއްކަނީ 237 ރުފިޔާއަށެވެ. އެހެންކަމުން އެއީ 154 ޕަސެންޓާއި 137 ޕަސެންޓުގެ އިތުރުވުމެކެވެ.

"އެހެންނަމަވެސް އެފަދަ ހާލަތެއްގައި ދައްޗެއް އަޔަސް އިތުރު ހަތަރު ސަޕްލަޔަރުން، ޕާޓީސް އަޅުގަނޑުމެންނަށް އެބަތިބި ސިމެންތި ފޯރުކޮށްލަދޭނެ. އެނގޭތޯ ކޮށްދޭނެ. އެކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އަޅުގަނޑުމެންގެ އެކުވެރި ގައުމުތަކާއެކު ކުރެއްވި މަސައްކަތުގެ ތެރެއިން މިހާރު ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖެއަށް އެންމެ ގިނައިން ސިމެންތި ގެންނަ ތިން ކުންފުނީގެ ތެރޭގައި ދައުލަތުގެ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހިމެނެ އެވެ. އެ ކުންފުނީގެ ސިމެންތި ސްޓޮކް މަދުވުމުގެ ސަބަބުން މިދިޔަ ހަފްތާގައިވެސް ސިމެންތި ވިއްކީ ލިމިޓުކޮށްގެން ބޮޑެތި ވިޔަފާރިތަކަށެވެ. 

މިވަގުތު އާންމުކޮށް ސިމެންތި ގަންނަން ލިބެނީ ވިލާ ކުންފުނިން އެކަންޏެވެ. ވިލާ އާއި އެސްޓީއޯގެ އިތުރުން ރާއްޖެއަށް ދެން ސިމެންތި ގެންނަ އެޕޯލޯއަކު ސިމެންތީގެ ސްޓޮކެއް ނެތެވެ.

ސިމެންތީގެ އިތުރުން ދަގަނޑުގެ ތާށިކަން ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ވިޔަފާރިވެރިން ބުނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ މުދަލެއްގެ އަގު ވެސް ގާތްގަނޑަކަށް 30 ޕަސެންޓު ބޮޑުވެއްޖެ ކަމަށެވެ.

ފަތުރުވެރިކަން ނެގުމަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްދޭ ދެ އިންޑަސްޓްރީ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ތަކެތީގެ އަގުބޮޑުވިއިރު، ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލު ވެސް ވަނީ އަގުބޮޑުވެފަ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ތެލުގެ އަގު ބޮޑުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox