މިފްކޯއިން މަސްދަޅުގެ އަގުބޮޑުކުރީ މަޝްވަރާނުކޮށް ކަމަށް ސައީދު ވިދާޅުވެއްޖެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މިފްކޯއިން މަސްދަޅުގެ އަގުބޮޑޫކުރީ މަޝްވަރާ ނުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މިފްކޯއިން މަސްދަޅުގެ އަގުބޮޑޫކުރީ މަޝްވަރާ ނުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިންތިހާބުތައް ނިމުމަށްފަހު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވަނިކޮށް އިންތިހާބު ނިމުނުތާ ދެ ދުވަސް ނުވަނީސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގުބޮޑުކުރީ މަޝްވަރާ ނުކޮށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ހަނގުރާމައިގެ މި ހާލަތުގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ބޮޑު ނިންމުމެއް ނިންމާއިރު އެކަން މުހައްމަދު މުއިއްޒުއަށް އަންގަން ޖެހޭއިރު އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ. 

"މިފްކޯއިން މަސްދަޅަށް ބަދަލު ގެނައި އިރަކު އަޅުގަނޑުމެންނަކަށް ނޭނގޭ އެކަމެއް. އެނގޭތޯ. މިފްކޯއަކީ ވަކި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއް ސަރުކާރުގެ. އަޅުގަނޑުމެން މިދަންނަވަނީ ކޮންމެހެން އެނގެން ޖެހޭ ވާހަކައެއްވެސް ނޫން،" ސައީދު ވިދާޅުވި އެވެ. 

"އެހެންނަމަވެސް މިހާލަތުގައި ސަރުކާރާއި ސަރުކާރާ ގުޅުންހުރި އެއްވެސް ކުންފުންޏަކުން ކަމެއް ކުރެއްވިޔަސް ރައީސަށް ބޭނުންފުޅުވާނެ އޭގެ މައުލޫމާތުތައް. އެއީ ހަނގުރާމައިގެ ހާލަތެއް ދުނިޔޭގައި ހިނގަމުންދާ ވަގުތެއް." 

ސައީދު ވިދާޅުވީ މަސްދަޅުގެ އަގުބޮޑުވެއްޖެކަން ނޫސްތަކުން ރިޕޯޓްކުރުމުން އެކަމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ކުރި ކަމަށާއި މަސްދަޅު އަގުހެޔޮކުރަން މިފްކޯއިން ނިންމީ ރައްޔިތުންގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުން ނޫން ކަމަށެވެ. 

"އެހެންވީމަ މަސްދަޅުގެ އަގު ބޮޑުވެއްޖެކަން ނޫސްތަކުގައި ރިޕޯޓްކޮށްފައި ހުރީމަ އަޅުގަނޑަށް އެނގުނު ހިސާބުން ފެށިގެން އަޅުގަނޑު އެވާހަކަ ގެންދިޔައީ ކޮމިއުނިކޭޓް ކުރަމުން. ފާޑުކިޔުން އަމާޒުވެގެނެއް ނޫން އެނގޭތޯ މަސްދަޅުގެ އަގު ހެޔޮކުރަން ދިމާވީކީ،" ސައީދު ވިދާޅުވި އެވެ. 

ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވުމަކީ، އެއްވެސް އެއްޗެއް ލިބުން ދަތިވުމަކީ އަދި އެއްވެސް އެއްޗެއް އަގުބޮޑުވުމަކީ މުއިއްޒު ބޭނުންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ހުރިހާ ކަމެއް ބަލައި މޮނިޓާކުރަމުންދާ ކަމަށެވެ.  

މީގެއިތުރުން ހަނގުރާމައިގެ ހާލަތުގައި އެއްވެސް އެއްޗެއްގެ އަގުބޮޑުކުރާނަމަ އެކަން ވަރަށް ބޮޑަށް ދިރާސާކުރަން ޖެހޭ ކަމަށާއި މަޝްވަރާ ނުކޮށް އެއްވެސް ރައްޔިތަކަށް އަސަރުކުރާ ގޮތަށް ނިންމުމެއް ނިންމުމަށް ބޭނުން ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާ ގުޅިގެން ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު މެންދުރު ތެޔޮ މަސްދަޅެއްގެ އަގު 18.50ރ. އަށް ބޮޑުކުރިއިރު، މަސްދަޅު ކޭހެއްގެ އަގުބޮޑުކުރީ 800ރ. އަށެވެ.

ނަމަވެސް މިފްކޯއިން ވަނީ ކުރިން ތެޔޮ މަސްދަޅު ވިއްކި އަގު ކަމަށްވާ 17.50ރ. އަށް އަގު ކުޑަކޮށްފަ އެވެ. އެއާއެކު، ތެޔޮ މަސްދަޅު ކޭހެއް މިހާރު ކުރިން ވިއްކި އަގު ކަމަށްވާ 760ރ. އަށް ލިބެ އެވެ.

މާޗު މަހުގެ ކުރިން 11.57ރ. އަށް ލިބުނު ތެޔޮ ލީޓަރެއް މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަން އެ ކުންފުނިން ފާހަގަކުރި އެވެ. 

މިފްކޯއިން ވަނީ އެ ކުންފުނީގެ މައި އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތައް ހުޅުވާ ގަޑި ހެނދުނު 8:00 އިން މެންދުރު 2:00 އަށް ވަނީ ކުރުކޮށްފަ އެވެ. މީގެ ކުރިން ހަވީރު ހަތަރެއް ޖަހަންދަން އޮފީސްތައް ހުޅުވާފައި ހުރެ އެވެ.

މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދުވަސްވީ ކުންފުންޏެއް ނަމަވެސް، ހިންގުމުގައި އެތައް މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހޭއިރު، ހަރަދުތައް ހަމަޖައްސަން ބަރޯސާވަނީ ސަބްސިޑީތަކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox