
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5823 ލިޔުން
ހަބަރުއެލްޖީއޭގެ އެންގުން ގާނޫނާ ހިލާފު، ބޯޑު އުފައްދާނަން: އާތިފް
ހދ. އަތޮޅުގެ ރަށްތައް ގުޅިގެން އުފައްދާ "އަތޮޅު ބޯޑު" ހުއްޓުވުމަށް އެލްޖީއޭއިން އެންގި އެންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި. މޭޔަރު ވިދާޅުވީ ސަރުކާރުން ބޯޑު އުފެއްދުން ހުއްޓުވަން އުޅެނީ އަތޮޅުތަކުގެ ކޯޑިނޭޝަން ނައްތާލުމަށް ކަމަށް.
ހަބަރުބިދޭސީންގެ ތައުރީފު ލިބޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
ސިޔާސީ ގޮތުން މަގުބޫލު ނޫން ނަމަވެސް، ގައުމަށް އެންމެ ފައިދާހުރި ގޮތަށް ނިންމުންތައް ނިންމަވާތީ ބޭރުގެ ފަރާތްތަކުގެ ތައުރީފު ލިބޭ ކަމަށް މުއިއްޒު ވިދާޅުވި. ވެރިކަމަކީ އަމާނާތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށާއި، ގައުމުގެ އިޖުތިމާއީ ފޭރާމު ރަނގަޅު ކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިނު ވިދާޅުވި.
ވިޔަފާރިޑޮލަރުގެ އަގު 21.80ރ. އަށް އަރައިފި
ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، ފުރަތަމަ ފަހަރަށް ޑޮލަރެއްގެ އަގު 21.80ރ. އަށް އަރައިފި. މިއީ ރަސްމީ ރޭޓަށްވުރެ 41 ޕަސެންޓު ބޮޑު އަދަދެއް. ޑޮލަރުގެ ތާށިކަން ބޮޑުވެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ދަނީ ބޮޑުވަމުން.
