މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް އެންސްޕާއިން 10 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ހާމަވެއްޖެ

އެންސްޕާގެ ސީއީއޯ ޝިރުނާ: މަރުވެފައިވާ މީހުންގެ އެކައުންޓްތަކަށް 10 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންސްޕާގެ ސީއީއޯ ޝިރުނާ: މަރުވެފައިވާ މީހުންގެ އެކައުންޓްތަކަށް 10 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 10 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެފި އެވެ. 

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެ އެޖެންސީގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލުމާ ގުޅިގެން ވޭތުވެދިޔަ ދުވަސްތަކުގައި މަރުވެފައިވާ މީހުންގެ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށެވެ. 

"ގާތްގަނޑަކަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާވެފައިވާކަންވަނީ ހާމަވެފައި. މިއީ ކިހާ ބޮޑު ގެއްލުމެއްތޯ؟ މިހާރު އަޅުގަނޑު މިދަނީ އަލުން އެސެކްޝަންގެ މަސައްކަތް އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ޝިރުނާ ވިދާޅުވި އެވެ.  

އެންސްޕާގެ މޮނިޓަރިން ސެކްޝަން އުވާލުމާ ގުޅިގެން މަރުވެފައިވާ މީހުންގެ އިތުރުން ހައްގު ނޫން މީހުންނަށްވެސް ފައިސާ ޖަމާވި ކަމަށް ޝިރުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެންމަތިވި މައްސަލަތަކާ ގުޅިގެން މޮނިޓަރިން ސެކްޝަން އަލުން އެކުލަވާލައި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންސްޕާއަކީ ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ހިންގާ ބެލެހެއްޓުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ރާވައި ހިންގުމަށް  2008 ވަނަ އަހަރު އުފެއްދި އިދާރާއެކެވެ. 

އެންސްޕާއިން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ދިނުމުގެ ކަންކަން ހިމެނެ އެވެ. 

އެންސްޕާއިން "މެޑިކަލް ވެލްފެއާ" ގެ ނަމުގައި ކުރިން ބޭސްފަރުއަށް އެހީ ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެ ހިދުމަތް އާސަންދައިގެ ދަށުން ދޭ ގޮތަށް މިދިޔަ މެއި މަހު ވަނީ ބަދަލުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox