ވައުދުވި ގޮތަށް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ

މުހައްމަދު މުއިއްޒު: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައި -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. 

މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ ޖޫން 29، ވަނަ ދުވަހު އެވެ. އޭގެ ފަހުން ފަސް ހަފުތާ ފާއިތުވެގެންދިޔައިރު، ހަތަރު ހަފުތާގެ ހޯމަ ދުވަސް ބަންދު ދުވަހަކާ ދިމާނުވާކަން ފާހަގަކުރެވެ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދަދު އަށް ވިދާޅުވީ މުއިއްޒަށް އިއްޔެ ނޫސްވެރިންނާ ބައްދަލުނުކުރެވުނީ މީޓިން ޝެޑިއުލް ހުރި ގޮތުން ކަމަށާއި އެމަނިކުފާނަށް ވަގުތުވީ ވަރަކުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. 

މުއިއްޒު ކުރިން ނޫސްވެރިންނަށް ޔަގީންކަން ދެއްވާފައިވަނީ ރަސްމީ ދަތުރެއް ނުވަތަ ބަންދު ދުވަހެއް ދިމާނުވާނަމަ ކޮންމެ ހޯމައެއްގައި އެއް ގަޑިއިރުގެ މުއްދަތަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. 

މި އަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގަ އެވެ.

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސް ގިނަ ހަފުތާތަކުގައި މާލޭގައި ހުންނެވާއިރުވެސް، ނޫސްވެރިންނާ ބައްދަލުނުކުރައްވަ އެވެ. އެމަނިކުފާނު އެންމެ ފަހުންވެސް ނޫސްވެރިންނާ ބައްދަލުކުރެއްވީ ތިން ހަތުފާގެ މެދުކެނޑުމަކަށްފަހު އެވެ.     

މާޗު 2، ގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށި ފަހުން 24 ހަފުތާ ފާއިތުވެގެން ގޮސްފައިވާއިރު އޭގެ ތެރެއިން މުއިއްޒުއަށް ނޫސްވެރިންނާ ބައްދަލުކުރެވިފައިވަނީ އަށް ހަފުތާގަ އެވެ. 

ނޫސްވެރިންނާ ކޮންމެ ހަފުތާއަކު ބައްދަލު ކުރައްވާނެ ކަމުގެ ވައުދާއެކު މާޗު މަހު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމުގެ ކުރިން، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މެއި 3، 2025 ގަ އެވެ.   އެއީ އެމަނިކުފާނުގެ ވެރިކަމުގައި ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ. މި ދައުރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ބޭއްވެވީ ޑިސެމްބަރު 5، 2023 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox