ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ލިސްޓު އާންމުނުކޮށް ހިފަހައްޓާފައި އޮންނަތާ ހަތް މަސް ދުވަސްވެއްޖެ

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ.

ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހޭ މީހުންގެ ނަންތައް ހާމަކުރުން އުސޫލުން ލާޒިމުކޮށްފައި އޮތް ނަމަވެސް، އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުނުކޮށް ހިފަހައްޓާފައި އޮންނަތާ ހަތް މަސްދުވަސް ވެއްޖެ އެވެ.

މިދިޔަ އަހަރު އެކުލަވާލި އުސޫލުގެ ދަށުން މިހާތަނަށް ކަސްޓަމްސް އަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓެއް އެންމެ ފަހުން އާންމުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އުސޫލުގައިވާ ގޮތުން ކޮންމެ ދެ މަހަކުން އެއްފަހަރު އެ ލިސްޓު އާންމުކުރަންޖެހޭއިރު، އެ މައުލޫމާތު އާންމުނުކުރާތާ މިއީ ހަތްވަނަ މަހެވެ.

ލިސްޓު އާންމުނުކުރާ ސަބަބާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ކަސްޓަމްސްއިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ކަސްޓަމްސްއިން މިހާތަނަށް ހާމަކުރި ހަމައެކަނި ލިސްޓުގައިވާ ގޮތުން، 503 މީހަކު އެ އިދާރާއަށް ދައްކަންޖެހޭ ޖޫރިމަނާ ނުދައްކާ އެބައޮތެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފައިސާ ދައްކަންޖެހިފައި ވަނީ ސަލްޓަންސް އޮފް ދަ ސީސް އަށެވެ. އެ ކުންފުނިން އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

އޭގެ އިތުރުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ 16 ފަރާތެއް ހިމެނޭއިރު، އެއް މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ފައިސާ ނުދައްކާ 57 ފަރާތެއްގެ ނަން ލިސްޓުގައި އެބައޮތެވެ. އެ ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ކުންފުނިތައް ވެސް ހިމެނެ އެވެ.

ކަސްޓަމްސްއިން އަމަލުކުރަމުންދާ އުސޫލުގައިވާ ގޮތުން، އެ އިދާރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ އިތުރުވެ، އެ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ލިޔުމުން އެކަން އެންގުމަށްފަހު އެ ފަރާތެއްގެ ނަން ކަސްޓަމްސްގެ ވެބްސައިޓުގައި ހާމަކުރާނެ އެވެ.

އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ކަސްޓަމްސްގެ ރަސްމީ ވެބްސައިޓުގެ އިތުރުން، ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައެވެ.

އެއްބަސްވުމެއްގެ ދަށުން ނުވަތަ އެކީ ފައިސާ ދައްކައި ހަލާސްރުމުން، ކަސްޓަމްސްގެ ވެބްސައިޓުގައިވާ ލިސްޓުން އެ ފަރާތެއްގެ ނަން އުނިކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ. ނަމަވެސް، ގެޒެޓުގައި ޝާއިއުކުރާ ލިސްޓުން އެ ނަމެއް އުނިއެއް ނުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox