ޑޮލަރުގެ އަގު 21.80ރ. އަށް އަރައިފި

އެމެރިކާ ޑޮލަރު

އެމެރިކާ ޑޮލަރު

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، ފުރަތަމަ ފަހަރަށް ޑޮލަރެއްގެ އަގު 21.80ރ. އަށް އަރައިފި އެވެ. 

މިދިޔަ ޖުލައި 29، 2026 އިން ފެށިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70ރ. ގައި ހުރުމަށްފަހު، 21.75ރ. އަށް އުފުލުނީ އިއްޔެ އެވެ. އެއަށް ފަހު 24 ގަޑިއިރު ނުވަނީ މިވަނީ 5 ލާރި ބޮޑުވެ، ޑޮލަރެއް 21.80ރ. އަރައިފަ އެވެ. 

ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ރައީސް މުހައްމަދު މުއިއްޒު ސިޔާސަތެއް ތައާރަފު ކުރުމަށް ފަހު، ސަރުކާރުން ބުނެފައި ވަނީ ޑޮލަރުގެ އަގު ދެން މައްޗަށް ނާރާނެ ކަމަށެވެ. 

Advertisement

ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާ މަތީގައި ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. 

ކޮވިޑު-19 ގެ ބަލިމަޑިކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް  ދުވަސްވަރު، ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔައީ 19.50ރ. އަށެވެ.  އެއީ ވެސް ކުޑަ ދުވަސްކޮޅަކަށެވެ. 

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17.45ރ. އަށެވެ.

މަރުކަޒީ ބޭންކު, އެމްއެމްއޭ އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. 

ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު މިއީ ރަސްމީ ރޭޓަށްވުރެ 6.38ރ. ބޮޑު އަދަދެކެވެ. މިއީ ޕަސެންޓުން ބަލާނަމަ ރަސްމީ ރޭޓަށްވުރެ 41.37 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ލިބުން ދަތިވުމާއި، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފަ އެވެ. 

ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވެސް ދަނީ މަތިވަމުންނެވެ.

ޑޮލަރުގެ އަގަށް އައިސްފައިވާ ބަދަލު އަދަދު ނޫހުގެ ޑޮލަރު ޓްރެކަރ އިން ބަލާލެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox