ސިޓީ ކައުންސިލަށް ވެހިކަލްތަކުގައި ޖޫރިމަނާ ސްޓިކާ ޖެހޭނެ ގޮތެއް ހޯދަނީ

މާލޭ މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި ސްޓިކާ ޖަހާފައި -- ފޮޓޯ: އަދަދު

މާލޭ މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި ސްޓިކާ ޖަހާފައި -- ފޮޓޯ: އަދަދު

ރައްޔިތުންނަށް އުނދަގުވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި މާލެ ސިޓީ ކައުންސިލަށް ޖޫރިމަނާ ސްޓިކާ ޖެހޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި އާޒިމް ވިދާޅުވީ ބަނދަރުގައި ގޯސްކޮށް އަޅާ ކަނޑު އުޅަނދުތަކުގައި ކައުންސިލަށް ސްޓިކާ ޖެހޭ ފަދައިން ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކްކުރާ ވެހިކަލްތަކުގައި ވެސް ސްޓިކާ ޖެހޭނެ ގޮތެއް ގާނޫނީ ގޮތުން ހޯދަން ޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން އޮޕްޝަން ބަލަންޖެހޭ އަޅުގަނޑުމެންނަށް ބަނދަރުގައި ގޯސްކޮށް ޕާކްކުރީމަ ސްޓިކާ ޖެހޭ ފަދައިން މިކަން ބެލިގެންދާއިރު ޓްރެފިކް ކޮމިޓީން ވެސް ބަލަން އެބަޖެހޭ ނުބައިގޮތަށް ޕާކް ކޮށްފައި ހުރުމުން ސްޓިކާ ޖެހޭނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއް އޮތްތޯ ބަލަން ގާނޫނީ ގޮތުން. މިވެސް ބަލަންޖެހޭ ކަމެއް ގޮތުގައި އަޅުގަނޑު ދެކެނީ،" އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ ވެހިކަލްތައް ޕާކްކޮށްފައި ހުންނަ ގޮތުގެ ސަބަބުން ބައެއް ގޭގެއިން މީހުންނަށް ނުނިކުމެވި ތާށިވެސް ވެފައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ދިރިއުޅޭ މާލެއެއް ހޯދަން އުޅޭއިރު އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫން ކަމަށެވެ. 

"މިކަމަށް އަޅުގަނޑުމެން ސްޓަޑީތަކެއްވެސް ހަދަން ޖެހޭ މީގެތެރެއިން. އެބަތިބި ގޭގައި ބަންދުވެފައި ރައްޔިތުން. ގޭގެ ކުރިމަތީގައި ސައިކަލު ޕާކްކޮށްފައި ހަތަރު ފުރޮޅު ޕާކްކޮށްގެން ނުނިކުމެވިގެން ފުލުހުންނަށް ގުޅައިގެން އެއްޗެހި ނެރެގެން އެމީހުން ނުކުންނަ ހިސާބަށް މާލެތެރޭގައި އެބަދޭ،" މޭޔަރު ވިދާޅުވި އެވެ. 

"މިއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން ރައްޔިތުންނަށް ފަސޭހައިން ހިނގާލާފައި އުޅޭ މާލެއެއް ހޯދުމަށް މަސައްކަތް ކުރާއިރު. މިކަމަށް ބޭނުންވާ ރައްޔިތުން އިންތިހާއަށް ގިނަ. ވަރަށް މަދު ބައެއްގެ ސަބަބުން މިކަންވެސް މި ދިމާވަނީ."

މި ސަރުކާރު ވެރިކަމަށް އައިސް ޕާކް ކުރާނެ ޖާގަ ނެތް ކަމަށް ބުނެ ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ޖެނުއަރީ، 2024، ގައި ވަނީ ހުއްޓާލާފަ އެވެ. އެއާއެކު ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގެ އަދަދު އިތުރުވެގެންދިޔަ އެވެ. 

މިއާއެކު ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް މި ސަރުކާރުން ފަހުން ޓޯކުރުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަކުރެވެ އެވެ. 

ގާނޫނާ ހިލާފުވެގެން 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ލައްކައަކަށްވުރެ ގިނަ ޖޫރިމަނާ ސްޓިކާ ވެހިކަލްތަކުގައި ޖަހާފައިވެ އެވެ. މި ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން ކުރި ޕާކިން ޖޫރިމަނާތައް މައާފްކޮށްފައިކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox