އެމްއައިބީއަށް ދެވަނަ ކުއާޓަރުގައިވެސް މާލީ ބޮޑެތި ކުރިއެރުންތަކެއް

ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް މާލީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ. 

އެމްއައިބީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެވަނަ ކުއާޓަރު ނިމުނުއިރު އެ ބޭންކުގެ ޖުމްލަ އެސެޓް 19.31 ބިލިއަން ރުފިޔާއަށް އަރައި، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 4.37 ޕަސަންޓުގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 43.52 ޕަސަންޓުގެ ކުރިއެރުމެކެވެ. 

ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި އެމްއައިބީއަށް 170 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ކުރީ ކުއާޓަރަށްވުރެ 4.29 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެމްއައިބީން ބުންޏެވެ. އޭގެއިތުރުން ބޭންކުގެ ސާފު ފައިދާ 111.42 މިލިއަން ރުފިޔާއަށް ވަނީ އަރާފައިވާއިރު، އެއީ 15.66 ޕަސަންޓުގެ ކުރިއެރުމެކެވެ. 

ކަސްޓަމަރުންގެ ޑިޕޮޒިޓަށް ބަލާއިރު މި މުއްދަތުގައި ޑިޕޮސިޓް ކުރި އަދަދު ވަނީ 5.37 ޕަސަންޓު އިތުރުވެ 16.22 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެއީ އަހަރީ މުއްދަތަށް ބަލާއިރު 43.24 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. 

އާމްދަނީގެ ގޮތުގައި އެމްއައިބީއަށް 284.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ފުރަތަމަ ކުއާޓަރަށްވުރެ 5.85 ޕަސަންޓު އަދި 2025 ގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 32.07 ޕަސަންޓުގެ އިތުރުވުމެކެވެ. 

އެމްއައިބީގެ އާމްދަނީގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ބޭންކަށް 284.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ 5.85 ޕަސަންޓު އަދި 2025 ގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 32.07 ޕަސަންޓުގެ އިތުރުވުމެކެވެ.

ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުން އެ ބޭންކަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމާކަން އެމްއައިބީން ފާހަގަކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox