ސަރުކާރުން އުޅެނީ 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން 11،000 އަކަފޫޓުގެ ބިމެއް ހޯދަން: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އިސްލާމިކް ޔުނިވާސިޓީގެ ދަނާލު އަޅަން މަރަދޫފޭދޫ އިން ދިން ބިމުން ބައެއް ނެގީ ޕާކިން އަޅަން -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އިސްލާމިކް ޔުނިވާސިޓީގެ ދަނާލު އަޅަން މަރަދޫފޭދޫ އިން ދިން ބިމުން ބައެއް ނެގީ ޕާކިން އަޅަން -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ސަރުކާރުން އުޅެނީ ސ. މަރަދޫފޭދޫގައި 2،900 އަކަފޫޓުގެ އިސްލާމިކް ޔުނިވާސިޓީގެ ދަނާލް އިމާރާތް އަޅަން 11،000 އަކަފޫޓުގެ ބިމެއް ހޯދަން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. 

ނިޒާރު އަދަދު އަށް ވިދާޅުވީ މަރަދޫފޭދޫގައި 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން މިހާރުވެސް ދީފައިވަނީ 9،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު ބިމެއް ހޯދަން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ. 

"އަޅަން އުޅޭ އިމާރާތުގެ ބޮޑުމިނަކީ 2،900 އަކަފޫޓު. ފްލޯ އޭރިއާއަކީ 2،900 އަކަފޫޓު. މިހާރުވެސް މިދެނީ 9،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން،" ނިޒާރު ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ ކައުންސިލުން އެ ބިމުން ނެގީ ބޮޑުމަގާ ދިމާލުން ޕާކިންއެއް އެޅުމަށް ކަމަށާއި އައްޑޫ ސިޓީގެ ތަރައްގީއަށް ބަލާއިރު މިހާރު އިމާރާތްތައް އަޅާއިރު ޕާކިންއަށް އިސްކަންދޭން ޖެހޭ ކަމަށެވެ. 

"ޕާކިންއަށް އަޅުގަނޑުމެން ބިން ނެގީ ބޮޑުމަގާވާ ދިމާލުން. ބިން ނުދީގެން ހަމަ އެ ޝަކުވާ ކުރަނީ. ކައުންސިލުގެ ނިންމުމަކުން ނިންމާފައި އޮތް ނިންމުމެއް ދެން ބަދަލެއް ނުކުރެވޭނެ. 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން 11،000 އަކަފޫޓުގެ ބިމެއް ހޯދަން އުޅޭ ސަބަބެއް ނުވިސްނޭ. ކަންކަން ނުކުރަންވެގެން ކޮންމެވެސް ހުއްޖަތެއް ދައްކަނީ،" މޭޔަރު ވިދާޅުވި އެވެ. 

އައްޑޫ ސިޓީ ކައުންސިލުން މިދިޔަ މަހު ބޭއްވި ރަސްމީ ޖަލްސާގައި އެ ކައުންސިލުން ވަނީ އިސްލާމިކް ޔުނިވާސިޓީއަށް ދީފައި އޮތް ބިމުގެ ބޮޑުމަގާއި ވީ ފަޅިން 85 ފޫޓް ހަތަރު އިންޗި، ޗާނދަނީ މަގާއި ވީ ފަޅިން ފުޅާމިނުގައި 44 ފޫޓް ޕާކިން އެޅުމަށް އުނިކޮށްފަ އެވެ. 

މިގޮތަށް ކައުންސިލުން ނިންމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ އިއްތިފާގުންކަން ފާހަގަކުރެވެ އެވެ. 

މަރަދޫފޭދޫގައި އިސްލާމިކް ޔުނިވާސިޓީގެ ދަނާލު ގާއިމްކުރުމަށްޓަކައި، މަރަދޫފޭދޫ ސްކޫލް ކުރިމަތީގައިވާ 11،000 އަކަފޫޓުގެ ހުސްބިން ހަމަޖައްސައިދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. 

މިކަމާ ގުޅިގެން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ކައުންސިލްގެ ނިންމުން ބަދަލުކުރުމަށް އެދި މޭޔަރު ނިޒާރަށް ސިޓީއެއް ފޮނުއްވާފަ އެވެ. އިސްމާލް ނިޒާރުގެ ސިޓީގައި އެދިފައިވަނީ ކުރިންވެސް ހަމަޖައްސާފައި އޮތް ގޮތަށް އިސްލާމިކް ޔުނިވާސިޓީގެ ދަނާލު އެޅުމަށް 11،000 އަކަފޫޓުގެ ބިން ދޫކުރުމަަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox