އީސީގައި ރަޖިސްޓްރީކޮށްފައި އޮތް ޕީއެންސީގެ އަސާސީ ގަވާއިދު ބަދަލުކޮށްފި

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސުން ހޮވަންޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައި އޮތް އަސާސީ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަންގައި ޕީއެންސީން ކުރިން ރަޖިސްޓްރީކޮށްފައި އޮތް އަސާސީ ގަވާއިދުގައި ނައިބުރައީސުން ހޮވަން ނަގަންޖެހޭ ވޯޓަކީ ސިއްރު ވޯޓެކެވެ. ނަމަވެސް ޕީއެންސީން މިހާރު އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައި އޮތް އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބުރައީސުން އިންތިހާބު ކުރެވޭނީ ހާމަ ވޯޓެއް ނަގައިގެންނެވެ.

މިކަމާ ގުޅިގެން އިލެކްޝަންސްގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ އަދަދު އަށް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައުމަށްފަހު އީސީގެ އެންޑޯޒްމަންޓް ހޯދި ކަމަށާއި ވެބްސައިޓުގައި އަސާސީ ގަވާއިދު އިސްލާހުތަކާއެކު ޕަބްލިޝް ނުކުރެވި އޮތީ ކޮމިޝަންގެ މައްސަލައަކުން ކަމަށެވެ. 

މިގޮތުން ޕީއެންސީން މިދިޔަ އަހަރު އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު އަސާސީ ގަވާއިދު އީސީގެ ވެބްސައިޓަށް މިހާރު ލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެ ގަވާއިދަކީ، ޕާޓީގެ މަޝްވަރާ މަޖިލީހުން މެއި 15، 2025، ގައި އިސްލާހުކޮށްފައިވާ ގަވާއިދެއް ކަމަށެވެ. ނަމަވެސް މި ނޫހުން ބެލިއިރު، ޖެނުއަރީ، 2026، ގައި ވެސް އެ ބުނާ އިސްލާހު ކުރި ގަވާއިދު ވެބްސައިޓަކަށް ނުލަ އެވެ.

މެއި 15، 2025، ގައި ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ބާއްވައި ނައިބު ރައީސުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރި އެވެ. އެކަމަކު، އެ ދުވަހު ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އަސާސީ ގަވާއިދު އިސްލާހު ކުރިކަން ހާމަކޮށްފައެއް ނުވެ އެވެ.

ޕީއެންސީ އިން އިއްޔެ ނެރުނު ބަޔާނުގައި، ބުނެފައިވާ ގޮތުން ސިއްރު ނޫން ވޯޓެއް ނަގަން އެ ޕާޓީގެ އިންތިހާބު ވިލަރެސް ކުރާ ކޮމީޓީއިން ނިންމާފައެއް ނުވެ އެވެ. ނަމަވެސް އަދަދު އާ ވާހަކަ ދެއްކި ޕީއެންސީގެ ސީނިއާ ދެ އޮފިޝަލަކު ވަނީ، ސިއްރު ނޫން ވޯޓެއް ނަގަން އިންތިހާބު ވިލަރެސް ކުރާ ކޮމިޓީއިން ނިންމިކަން ޔަގީންކޮށްދީފަ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީއަށް ހަ ނައިބު ރައީސަކު ހޮވަންޖެހެ އެވެ. އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ހަތް މެންބަރަކު ވަނީ ހާމަ ކުރައްވާފަ އެވެ. އެއީ މެންބަރު އިބްރާހިމް ސުޖާއު އާއި މެންބަރު ފާތިމަތު ސައުދާ އާއި މެންބަރު އަސްމާ ރަޝީދާއި އޭނާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ވެރިކަމެއްގައި އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ އަދި ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޕާޓީގެ ސިޔާސަތުތައް އެކުލަވާލުމާއި ޕާޓީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ވެސް ޕާޓީގެ ރައީސް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox