ވައިބާ ގްރޫޕެއްގައި ހައްގުތަކަށް ވަކާލާތުކުރުމުން ހޮސްޕިޓަލެއްގެ މުވައްޒަފަކަށް އެޅި ފިޔަވަޅު ބާތިލުކޮށްފި

ސިއްހީ ހިދުމަތްތެރިންތަކެއް މަސައްކަތުގައި: ހޮސްޕިޓަލަކުން މުވައްޒަފަކަށް އެޅި ފިޔަވަޅު ބާތިލުކުރަން ވަނީ ނިންމާފައި

ސިއްހީ ހިދުމަތްތެރިންތަކެއް މަސައްކަތުގައި: ހޮސްޕިޓަލަކުން މުވައްޒަފަކަށް އެޅި ފިޔަވަޅު ބާތިލުކުރަން ވަނީ ނިންމާފައި

ވައިބާ ގްރޫޕެއްގައި މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރި ހޮސްޕިޓަލެއްގެ މުވައްޒަފަކަށް އެޅި ފިޔަވަޅު އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއިން ބާތިލުކޮށްފި އެވެ. 

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޔޫނިއަންގެ މެންބަރު ސިއްހީ ހިދުމަތްތެރިއަކު މަސައްކަތްކުރަމުންދާ ހޮސްޕިޓަލުން އިސްލާހީ ފިޔަވަޅެއްގެ ނަމުގައި ގަވާއިދާ ހިލާފަށް ފިޔަވަޅު އެޅީ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރަމުން ދިޔުމާ ގުޅިގެން ކަމަށެވެ. 

އެމްޕްލޯއިމަންޓް ޓްރައިބިއުނަލް އިން އެ މުވައްޒަފަށް ހޮސްޕިޓަލުން އަޅާފައިވާ ފިޔަވަޅު ބާތިލުކުރަން ނިންމީ އެ ފިޔަވަޅަކީ ވަޒީފާއާ ބެހޭ ގާނޫނާއި ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށްވާތީ ކަމަށެވެ. އެ މައްސަލައިގައި ޔޫނިއަންގެ މެންބަރު ގާނޫނީ ވަކީލެއްގެ ގޮތުގައި ހިލޭސާބަހަށް އެހީތެރިކަން ފޯރުކޮށްދިނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ. 

އެ މުވައްޒަފަށް ފިޔަވަޅު އެޅީ އެ މުވައްޒަފާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ހިމެނޭ ގޮތަށް އެ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް ވަޒީފާގެ މާހައުލުގައި ހުރި ބަދަލު ގެންނަން ބޭނުންވާ ނުރަނގަޅު ކަންކަމާ މެދު ހުރިހާ މަސައްކަތްތެރިން އެކުގައި ވައިބާ ގްރޫޕެއް ހަދައި، މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ޔޫނިއަނައިޒްވެ އެކުގައި މަސައްކަތް ކުރުމުންނެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ޔޫނިނައިޒްވެ ކުރާ މިފަދަ މަސައްކަތްތައް ހުއްޓުވުމަށް ސިއްހީ ހިދުމަތްތެރިންނަށް ހޮސްޕިޓަލުތަކުން ކުރަމުންދާ މިފަދަ އަމަލުތަކުގެ ސަބަބުން ޖަމާއީ ގޮތެއްގައި މަސައްކަތްތެރިން ބާރުވެރިވެ، މަސައްކަތްތެރިންގެ ހައްގުތައް އަދި ސިއްހީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް ލިބިދޭ ބާރު ހަނިވެގެންދާކަން ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ބުންޏެވެ. 

އެ ޔޫނިއަނުން ބުނީ ޔޫނިއަންގެ މެންބަރުން ކުރިއަށްގެންދާ އިންޑަސްޓްރިއަލް އެކްޝަންތަކުގައި އެ މެންބަރުންނާ މެދު އަޅާ މިފަދަ ކޮންމެ ގައިރުގާނޫނީ ފިޔަވަޅެއްގައި ޔޫނިއަންގެ މެންބަރުންގެ ހިމާޔަތުގައި ޔޫނިއަން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox