ހިމާޔަތްކޮށްފައިވާ ރީތި ގަހުގެ ބައެއް ގޮފިތައް ކަނޑާލަންޖެހިއްޖެ

ހިމާޔަތްކޮށްފައިވާ ރީތި ގަހުގެ ބައެއް ބައިތައް ކެނޑުން

ހިމާޔަތްކޮށްފައިވާ ރީތި ގަހުގެ ބައެއް ބައިތައް ކެނޑުން

ހިތްފަސޭހަކޮށްލަން ވަރަށް ގިނަ ބަޔަކު ބޭނުން ކުރި، މާލޭ މިއުޒިއަމް ކުރިމަތީގައި އޮންނަ ކުޑަ ހިއްތަން މައިޒާނުގައި ހުންނަ، ހިމާޔަތްކޮށްފައިވާ ރީތި ގަހުގެ ބައެއް ބައިތައް އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ ހާޒިރުގައި ސިޓީ ކައުންސިލުން ކަނޑާލައިފި އެވެ. 

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދަދު އަށް ވިދާޅުވީ 100 އަށްވުރެ ގިނަ އަހަރުވެފައިވާ އެ ގަހުގެ ހިކިފައިވާ ގޮފިތައް ކެނޑުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އީއާރްއޭ އިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އެ އޮތޯރިޓީގެ ހާޒިރުގައި ދިން ލަފަޔާ އެއްގޮތަށް ކަމަށެވެ. 

މޭޔަރު ވިދާޅުވީ ގަހުގެ ހިކިފައި ހުރި ބައިތައް ކަނޑަން ޖެހުނީ އެ ބައިތައް ގަހުން ވެއްޓި އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް އަނިޔާވަމުންދާތީ ކަމަށެވެ. 

Advertisement

ހިއްތަން މައިޒާނުގެ ރީތި ގަހަށް ގެއްލުންވާ ގޮތަށް ހުއްދަ ނުހޯދައި ފުޑް ކިއޯސްކެއް ހެދުމުގެ މަސައްކަތް ކުރުމުން މީގެ ކުރިން އެ މަސައްކަތް ހުއްޓުވާފައިވެ އެވެ. ނަމަވެސް ފަހުން އެ މަސައްކަތް ނަގަންޖެހޭ ހުއްދަތައް ނަގައިގެން ވަނީ ނިންމާލާފަ އެވެ. 

ހިމާޔަތްކޮށްފައިވާ ރީތިގަސް ހުރި ހިއްތަން މައިޒާން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި އެންމެ 2000ރ. އަށް!

ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓު މާލެ ސިޓީ ކައުންސިލުން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ލިސްޓުން އެނގޭ ގޮތުން، ހިއްތަން މައިޒާން ކޮށްފައި ދީފައި ވަނީ ގޯލްޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 2000ރ. އަށެވެ.

ހިއްތަން މައިޒާނުގައި ކެފޭއެއް ހަދަން ހަވާލުކުރީ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުންނެވެ. އެ ތަނުގައި ކެފޭއެއް އަޅަން ހަވާލުކުރީ ކައުންސިލުން ފާސް ކުރުމެއް ނެތި އެވެ.

ހިއްތަން މައިޒާން ގޯލްޑް ކޮމްޕެނީ ނަމަކަށް ކިޔާ ކުންފުންޏަކަށް ކުއްޔަށް ދީފައިވަނީ މަހަކު 2000ރ. އަށް 10 އަހަރުގެ މުއްދަތަކަށެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އަމިއްލަ ތަކެތީގައި ޒަމާނާ އެއްގޮތަށް އެ ސަރަހައްދު މަރާމާތުކޮށް ބެލެހެއްޓުމަށެވެ. 

މިގޮތުން އެތަން ހުޅުވާފައިވަނީ ދެ ފުޑް ޓްރަކް ބަހައްޓައި އިށީނދެ ތިބެވޭ ގޮތަށް ބައެއް ބެންޗުތައް ހަދައިގެންނެވެ. 

ގަހަށް ގެއްލުންވެދާނެ ގޮތަކަށް އަދި އެ ހިސާބުގެ މާހައުލު ބަދަލުވާ ގޮތަށް ކެފޭއެއް ހަދަން ކުއްޔަށް ދިނުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެއިތުރުން ތާރީހު ދިރާސާކުރާ ބޭފުޅުންވެސް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox