އެލްޖީއޭގެ އެންގުން ގާނޫނާ ހިލާފު، އަތޮޅު ބޯޑު އުފައްދާނަން: އާތިފް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ދަނީ ބޯޑު އުފެއްދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދަމުން

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ދަނީ ބޯޑު އުފެއްދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދަމުން

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހަދަން އުޅޭ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގިޔަސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ ރަށު ނޯޓު ޕްރޮގްރާމް ގައި އާތިފް ވިދާޅުވީ އަތޮޅު ބޯޑު އުފެއްދުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އެންގި އެންގުމަކީ ގާނޫނާ ހިލާފު އެންގުމަކަށްވާތީ، އެ އެންގުމަށް ތަބާވާން ނުޖެހޭ ކަމަށެވެ.  

"އެލްޖީއޭއިން އެގޮތަށް އަންގާފައި އޮތް އޮތުން އެއީ ގާނޫނާ ހިލާފު އެންގުމެއް ފުރަތަމަ ކަމަކަށް. އެހެންވީމަ ގާނޫނާ ހިލާފު އެންގުމަކަށް އަޅުގަނޑުމެން ތަބާވާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ގާނޫނީ ބާރު އަޅުގަނޑުމެން ބޭނުންކުރާނަން. އަޅުގަނޑުމެން މި ބޯޑު އިރާދަކުރެއްވިއްޔާ އުފައްދާނަން،" އާތިފް ވިދާޅުވި އެވެ. 

Advertisement

އާތިފް ވިދާޅުވީ އަތޮޅު ބޯޑު އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން ހުއްޓުވަން އުޅެނީ އަތޮޅު ތެރޭގެ ކޯޑިނޭޝަން ނައްތާލައި، ހުރިހާ ކައުންސިލްތައް ގުޅިގެން އަތޮޅަށް ތަރައްގީ ހޯދަފާނެތީ ކަމަށެވެ. އޭނާ ވިދާޅުވީ އަތޮޅު ކައުންސިލްތައް ވެސް އުވާލީ އަތޮޅުތަކުގެ ކޯޑިނޭޝަން ނައްތާލުމުގެ ބޭނުމުގައި ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ. 

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޕޮލިސީ ލެވެލްގައި މައި ސަރުކާރުން އަންނަ ޕްރެޝަރުތަކެއް އެލްޖީއޭއަށް މިކަން ހުއްޓުވުމަށް. އެއީ ސަބަބަކަށްވަނީ އަތޮޅު ތެރޭގެ ކޯޑިނޭޝަން ނައްތާލުން. އަތޮޅު ކައުންސިލްތައް އެބޭފުޅުން އުވާލެއްވި ސަބަބަކީ އެއީ ކަމަށް މިހާރު ގަބޫލުކުރެވޭ. އަޅުގަނޑުމެން އަތޮޅުތައް ގުޅިގެން މަސައްކަތްކޮށް އަތޮޅުތެރޭގައި ކުރިއެރުން އަޅުގަނޑުމެން ހޯދަފާނެތީ،" މޭޔަރު ވިދާޅުވި އެވެ.

ކައުންސިލްތައް ގުޅިގެން ކުރާ މަސައްކަތްތަކަކީ އެލްޖީއޭއިން އަބަދުވެސް ބަލައިގަންނަމުންދިޔަ ކަމަކަށްވާއިރު، އެފަދަ މަސައްކަތެއް ހުއްޓުވުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އެލްޖީއޭއަށް ލިބިގެން ނުވާ ކަމަށް އާތިފް ވިދާޅުވި އެވެ. 

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ހދ. އަތޮޅު ބޯޑު އެކުލަވާލުމަށް އެ ބޯޑުގެ ހިންގާ ގަވާއިދާއި ކައުންސިލްތަކުގެ މެދުގައި ސޮއިކުރާނެ މުއާހަދާ އާއި ކައުންސިލްތަކުން ފާސްކުރާނެ ގަރާރު ޑްރާފްޓުކޮށް ނިމި ހުރިހާ ކައުންސިލްތަކުގެ ކޮމެންޓަށް ފޮނުވާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ނިމުމާއެކު ބޯޑު އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 

އާތިފް ވިދާޅުވީ ބޯޑެއް އެކުލަވާލުމުގެ ވިސްނުން އައީ އަތޮޅު ކައުންސިލްތައް އުވާލުމާއެކު ތަރައްގީ ހޯދުމަށް އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި އޮތް ގުޅުމާއި އެކުގައި މަސައްކަތްކުރުން މެދުކެނޑި ބައިބައިވާން ފެށުމުން ކަމަށެވެ. 

ހދ. އަތޮޅުގެ ހުރިހާ ރަށްތަކުގެ ރައީސުން އޮންލައިންކޮށް ބައްދަލުކޮށް އަތޮޅު ބޯޑު އެކުލަވާލުމުގެ ހިޔާލު ހުށަހެޅުމުން އެކަމަށް ހުރިހާ ބޭފުޅުންވެސް ތައީދުކުރިކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ އެ މަސައްކަތާއެކު ކުރިއަށްދާން މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން ތިބީ ތައްޔާރަށް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox