ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އެމަނިކުފާނަށް ތައުރީފު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މުހައްމަދު މުއިއްޒު: ބޭރުގެ އެކި މީހުން އެމަނިކުފާނަށް ތައުރީފްކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: ޕީއެންސީ

މުހައްމަދު މުއިއްޒު: ބޭރުގެ އެކި މީހުން އެމަނިކުފާނަށް ތައުރީފްކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: ޕީއެންސީ

ދިމާވާ ބޭރުގެ އެކި ފަރާތްތަކުން އެމަނިކުފާނަށް ވަރަށް ތައުރީފު ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ވެރިކަން ކުރާ ޕީއެންސީން އއ. އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސިޔާސީ ގޮތުން މަގުބޫލުނުވި ނަމަވެސް ގައުމަށް ފައިދާވާ ނިންމުން ނިންމަވާތީ ބިދޭސީން އެމަނިކުފާނަށް ތައުރީފު ކުރައްވާ ކަމަށެވެ. 

"ވަރަށް ގިނަ ފަރާތްތަކުން ބޭރުގެ ފަރާތްތަކުން ވެސް އަޅުގަނޑާ ދިމާވެގެން ބުނޭ ތިގޮތުގައި މަސައްކަތްކުރާ ވެރިން ވަރަށް މަދޭ މުޅި ދުނިޔޭގައި ބަލާއިރުގައި ވެސް. ގައުމު އިސްކޮށް އެއީ ސިޔާސީ ގޮތުން ބަލައިފިއްޔާ އެހާ ޕޮޕިއުލާ ގޮތެއް ނޫން. އެހެންނަމަވެސް ގައުމަށް އެންމެ ރަނގަޅު ގޮތެއް މާނަވީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ގައުމަށް ވާނީ އޭގެއިން އަންނަން އޮތް އެތައް ޒަމާނަކަށް ފައިދާއޭ. އެކަހަލަ ކަންކަން އިސްކުރަނީ ވަރަށް މަދު ފަރާތްތަކެކޭ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ގައުމަށް ފައިދާވާނެތީ ގިނަ ބަޔަކު ނުރުހުނަސް ބައެއް ނިންމުންތައް ނިންމާފައި ހުންނާނެ ކަމަށާއި އެއާއެކު ގައުމުގެ އިޖުތިމާއީ ފޭރާމާއި ގައުމުގެ އެހެން ހުރިހާ ކަމެއް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

ބޭރު މީހުން މުއިއްޒަށް ތައުރީފްކޮށް ވާހަކަދައްކަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، އެމަނިކުފާނުގެ ބައެއް ނިންމުންތަކާ ގުޅިގެން ބޭރުގެ އެކި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ކުށްވެރި ވެސް ކޮށްފައި އެބަހުއްޓެވެ. އޭގެއިތުރުން މޮރިޝަސް އާއި ރާއްޖެއާ އޮތް ގުޅުން ވެސް ކެނޑިފައިވަނީ އެމަނިކުފާނުގެ ނިންމުންތަކާ ގުޅިގެންނެވެ. 

މުއިއްޒު އުކުޅަހަށް ވަޑައިގެންނެވީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތަށެވެ. ނަމަވެސް އެމަނިކުފާނު ވަނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވާ ނިންމުން ފާހަގަކޮށް، ޕީއެންސީގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox