
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2160 ލިޔުން
ހަބަރުއާ ޕާޓީގެ މަސައްކަތަށް ރިޔާޒް ޖޭޕީން ވަކިވެވަޑައިގެންފި
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒް ޕާޓީއެއް އުފައްދަވަނީ ގާތް އެކުވެރިޔާ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ނާޒިމްއާ ދެބޭފުޅުން ވެގެން. އަދި މަޖިލިހުގެ އިތުރު މެމްބަރުންްތަކެއް ވެސް ޕާޓީއާ ގުޅިވަޑައިގަންނަވާނެ.
ވިޔަފާރިމަހަށް ހަމަ އަގު ލިބޭނީ އިންވެސްޓްމަންޓްތައް ކާމިޔާބު ވެގެން
ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރުކުރަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން. މި މަސައްކަތްތައް ނިމުމުން މަސްވެރިން ބާނާ މަސް ގަނެވި، މަސްވެރިންނަށް ރަނގަޅު އަގެއް ދެވޭނެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި.
ވިޔަފާރި400 އަށް ވުރެ ގިނަ މާރުކޭޓު ގޮޅި ދޫކުރަން ހުޅުވާލައިފި
މާލެ ސިޓީ ކައުންސިލުން މާރުކޭޓު ގޮޅިތައް ދޫކުރުމުގައި އިސްކަން ދެނީ މިހާރު ވެސް ގޮޅި ހިންގާ މީހުންނަށް. އެކަމަކު މިފަހަރު ގޮޅީގައި ކުރާ ވިޔަފާރީގެ ބާވަތްތައް ކަނޑައަޅަނީ ސިޓީ ކައުންސިލުން އަދި އެ ނޫން ވިޔަފާރިއެއް ކުރުމަކީ މަނާ ކަމެއް.
