ފާޑުކިޔުން ބޮޑުވެ، އެންމެފަހުން 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ލުއިދީފި

އެއް ނަމްބަރު ފާލަން ސަރަހައްދުން މީހުންތަކެއް ލޯންޗަކަށް އަރަނީ: ވެކްސިން ނުޖެހޭ ކުދިންނަށް ދަތުރުކުރެވެނީ 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް ހުށައަޅައިގެން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އެއް ނަމްބަރު ފާލަން ސަރަހައްދުން މީހުންތަކެއް ލޯންޗަކަށް އަރަނީ: ވެކްސިން ނުޖެހޭ ކުދިންނަށް ދަތުރުކުރެވެނީ 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް ހުށައަޅައިގެން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ކަރަންޓީނު ނުވެ ދަތުރުކުރަން ދިން ލުއިތަކުގެ ތެރޭގައި މޮނިޓަރިންގައި ނެތް ރަށަކުން 18 އަހަރު ނުފުރޭ ކުދިންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށައަޅައިގެން ކަރަންޓީނު ނުވެ ދަތުރުކުރަން ހުއްދަ ދީފި އެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ލުއިތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ނުޖެހޭތީ 18 އަހަރު ނުފުރޭ ކުދިން ކަރަންޓީނު ވާން ޖެހޭނެ ކަމަށް ހާމަ ކުރި އެވެ. އެއީ ވެކްސިން ޖެހުމުން ލިބޭ ރައްކާތެރިކަން އެ އުމުރުފުރާގެ ކުދިންނަށް ނެތުމާއި، ކުޑަކުދިންގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާތީ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

މި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އީދު ބަންދާ ދިމާކޮށް ދަތުރުކުރަން ލުއި ދިން ކަމަށް ބުނާއިރު، އެކީ ދަތުރުކުރާ ކުދިން ކަރަންޓީނު ވާން ޖެހޭތީ ސުވާލު އުފެއްދި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ބުނި ނަމަވެސް، ފަހުން ދަތުރު ލުއިތަކާއި ގުޅިގެން ގެޒެޓު ކުރި އިއުލާނުގައި ވަނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ކަރަންޓީނު ނުވެ އެކުގައި ދަތުރުކުރާ ކުދިންނަށް ދެވޭނެ ކަމަށެވެ. ބޭނުންވަނީ 72 ގަޑި އިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެކެވެ. އަދި އެންމެނަށް އޮންނަ އުސޫލުގެ ތެރެއިން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ މޮނިޓަރިން ހާލަތު އުވާލާފައިވާތީ، މި ލުއިތަކުގެ ތެރެއިން މާލެ ސަރަހައްދުން ވެސް މިކަންކަން ފުރިހަމަކޮށްގެން ވެކްސިން ޖަހާފައިވާ މީހުންނާއި އެކު ކުޑަކުދިންނަށް ދަތުރުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox