ދެކުނު އޭޝިއާ ވޯކް ޕާމިޓް ހޯލްޑަރުން އަމިއްލަ ތަންތަނުގައި ކަރަންޓީނު ކުރެވޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓެއް: މިފަދަ ސައިޓްތަކުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ހުންނަނީ ވަގުތީ ގޮތުން ސައިޓް ކައިރީގައި ގާއިމްކުރެވިފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓެއް: މިފަދަ ސައިޓްތަކުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ހުންނަނީ ވަގުތީ ގޮތުން ސައިޓް ކައިރީގައި ގާއިމްކުރެވިފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ރިސޯޓްތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނު ކުރަން ސަރުކާރުގެ ކަރަންޓީން ފެސިލިޓީއެއްގެ ބަދަލުގައި އަމިއްލަ ތަނެއް ބޭނުން ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފި އެވެ.

ކުރިން އޮތް އުސޫލުގެ ތެރެއިން މި ގައުމުތަކުން އަންނަ ވޯކް ޕާމިޓް އޮންނަ މީހުން 14 ދުވަހަށް ކަރަންޓީނު ވާން ޖެހެނީ ސަރުކާރުން އެކަމަށް ހާއްސަކުރެވިފައިވާ ގެސްޓްހައުސްތަކާއި ހޮޓާތަކުގަ އެވެ. އަދި އެކަމަށް ހިނގާ ހަރަދުތަކަށް ޒިންމާ ވާން ޖެހެނީ ވޯކް ޕާމިޓް ހޯލްޑަރުންނެވެ.

މި އުސޫލު މިގޮތަށް ކަނޑައެޅުމާއި ގުޅިގެން އަމިއްލައަށް ކަރަންޓީނު ކުރެވޭނެ ތަންތަނާއި ވަސީލަތްތައް ހުރި ވިޔަފާރިތަކުން އުސޫލާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްތައް ކަމުގައިވާ ޓޫރިޒަމާއި އިމާރާތްކުރުމުގެ ވިޔަފާރިތަކެވެ. އަދި އެ އިންތިޒާމްތައް ހަމަޖައްސައިދޭން ސަރުކާރުގައި އެދުނު ކަމުގެ މައުލޫމާތު ލިބުނެވެ.

Advertisement

އަމިއްލަ ތަންތަނުގައި ކަރަންޓީނު ކުރަން ހުއްދަ ދިނުމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގޮތުގައި، މިހެން ކަރަންޓީނު ކުރާ ތަންތަނަށް ހުއްދަ ދޭނީ އެޗްޕީއޭއިން ކަނޑައަޅާ އުސޫލަކަށް ފެތޭ ނަމަ އެވެ. އަދި މިހެން ހުއްދަ ލިބިފައި ހުންނަ އަމިއްލަ ތަންތަނުގައި ކަރަންޓީނު ވާން ހުއްދަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން އަމިއްލަ ފެސިލިޓީއެއްގައި ކަރަންޓީނު ކުރަން ހުއްދަ ދިން ނަމަވެސް މީހުން ދިރިއުޅޭ ގެޔެއްގައި ކަރަންޓީނު ވުން މަނަލެވެ. އޭގެ ތެރޭގައި ގޭބިސީތަކުގައި މަސައްކަތް ކުރާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ޓީޗަރުން ހިމެނެ އެވެ.

ގޭގޭގައި މަސައްކަތްކުރާ ޑޮމެސްޓިކް ވޯކަރުންނާއި ކެއާ ވޯކަރުންގެ އިތުރުން ޓީޗަރުން ކަރަންޓީނު ވާން ޖެހެނީ އެކަމަށް ސަރުކާރުން ކަނޑައަޅާ ހާއްސަ ފެސިލިޓީތަކެއްގަ އެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން އެތެރެވުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއަކާއި، ކަރަންޓީނު ވުމަށް ފަހު 72 ގަޑިއިރުގެ ތެރޭގައި އިތުރު ސާމްޕަލެއް ނެގޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox