އެސްއޯއީތަކަށް ބަރޯސާވުމަކީ އިގުތިސޯދަށް ނުރައްކަލެއް: ވާލްޑް ބޭންކް

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ވޯލްޑް ބޭންކުގެ މައި އިދާރާ: ދެކުނު އޭޝިއާ ގައުމުތަކުގެ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރަން ގޮވާލި -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ވޯލްޑް ބޭންކުގެ މައި އިދާރާ: ދެކުނު އޭޝިއާ ގައުމުތަކުގެ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރަން ގޮވާލި -- ފޮޓޯ: ރޮއިޓާސް

ދެކުނު އޭޝިއާގެ ގައުމުތަކުން ސްޓޭޓް އޯންޑް ބޭންކް (އެސްއޯބީ)ތަކާއި، ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ)ތަކާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އަދި އެހެނިހެން ވިޔަފާރިތަކަށް ބަރޯސާވުމުގެ ސަބަބުން އެ ގައުމުތަކުގެ އިގުތިސޯދުތައް "ހިޑްން ޑެޓް" ނުވަތަ ފޮރުވިފައިވާ ދަރަންޏަށް، ނުރައްކާތެރި މިންވަރަކަށް ހުށައެޅިފައިވާ ކަމަށް ވާލްޑް ބޭންކުން ބުނެފި އެވެ.

ވާލްޑް ބޭންކުން ޝާއިއުކުރި ކޮށްފައިވާ "ހިޑްން ޑެޓް: ސޮލިއުޝަންސް ޓު އެވާޓް ދި ނެކްސްޓް ފައިނޭންޝަލް ކްރައިސިސް އިން ސައުތް އޭޝިއާ" ރިޕޯޓުގައި، އެހެން ސަރަހައްދުތަކާ އަޅާ ބަލާއިރު މި ސަރަހައްދުގެ އިގުތިސޯދުތަކުގައި ދައުލަތުން ހިއްސާވާ ވިޔަފާރިތައް ގިނަ މައްސަލަ ފާހަގަކުރި އެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ނުފެންނަ ދަރަނި އިތުރުވާ މައްސަލަ ފާހަގަކުރި އެވެ.

ނުފެންނަ ދަރަނީގެ ގޮތުގައި އާންމުކޮށް ބަލަނީ ސަރުކާރު ކުންފުނިތައް ހިންގަން ސަރުކާރުތަކުން ދޫކުރާ ލޯނުތަކާއި ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނުތަކެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޑެޓް ރިޕޯޓުގައި ވެސް، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބައެއް އެސްއޯއީތަކަށް ސަރުކާރުން ދޫކުރި ލޯނު ފައިސާ އަނބުރާ ނުލިބިގެން އެ ފައިސާ ހޯދަން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރި އެވެ.

ވާލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، ދެކުނު އޭޝިއާގެ ސަރުކާރުތަކުން އިގުތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރު ހިއްސާވާ ވިޔަފާރިތަކާއި ބޭންކުތައް ބޭނުންކުރާ މިންވަރު އިތުރެވެ.

މީގެ ތެރެއިން ގިނަ ވިޔަފާރިތަކާއި ބޭންކުތަކަކީ ފައިދާއެއް ނުނެރެވި، ސަރުކާރުން އިތުރަށް ފަންޑުކޮށްގެންނާއި ސަބްސިޑައިޒްކޮށްގެން ހިންގަން ޖެހޭ ތަންތަނެވެ.

މިފަދަ ހާލަތެއްގެ މިސާލެއްގެ ގޮތުގައި މިހާރު ކުރިމަތިވެގެން މިއުޅޭ ކޮވިޑް ބަލިމަޑުކަމުގެ ހާލަތުގެ ތެރޭގައި ދައުލަތުގެ ހިއްސާ އޮންނަ މާލީ އިދާރާތައް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރަމުން އަންނަ ސްޓިމިއުލަސް ލޯނުތައް ފާހަގަވެ އެވެ.

އެގޮތުން ޕްރައިވެޓް ބޭންކުތަކުގެ ލިކުއިޓިޑީއަށް ހިރާސް ބޮޑުވާތީ، އެ ބޭންކުތަކުން ލޯން ދޫކުރުން މަދުކުރި ނަމަވެސް، މި ފުރުސަތު އެސްއޯބީތަކަށް ނުލިބެ އެވެ. ސަރުކާރުގެ ހިއްސާ އޮންނާތީ މާލީ ހިރާސްތަކާއި ވިޔަފާރީގެ ދެމެހެއްޓެނިވި މުސްތަގުބަލަށް އިސްކަން ދިނުމުގެ ބަދަލުގައި، އެސްއޯބީތަކަށް މަޖުބޫރު ވަނީ ސަރުކާރުން އަންގާ ގޮތަށް އަމަލުކުރާށެވެ.

މީގެ ސަބަބުން ދައުލަތުގެ ދަރަނީގެ ހިސާބުތަކުގެ ތެރެއިން މި އަދަދު ކުއްލިއަކަށް ފެންނަން ނުފެށި ނަމަވެސް، ދަރަނި ނުދެއްކި ގިނަ ދުވަސްވާވަރަކަށް މި މައްސަލަތައް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. މިހެން ހުންނަ ދަރަނި އާންމުކޮށް ފާހަގަވަނީ ލޯނުތައް ނުދެއްކި ސަރުކާރުގެ ބަޖެޓުން މި ފައިސާ އަނބުރާ ދައްކަން ޖެހޭ ހިސާބުންނެވެ.

މިކަމަށް އަލިއަޅުވާލައި ވާލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ހާންސް ޓިމާ ވިދާޅުވީ، ނުފެންނަ ދަރަނީގެ ކަންކަން މެނޭޖުކުރަން މިހާރަށް ވުރެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އެގޮތުން ކޮވިޑުން އަރައިގަންނަން އިގުތިސޯދުތައް އާރާސްތުކުރަން ކުރާ މަސައްކަތުގެ ތެރެއިން މުސްތަގުބަލުގައި ކުރިމަތިވެދާނެ މާލީ ކާރިސާއަކުން ރައްކާތެރިވާން، ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ އިޖުތިމާއީ ލަނޑުދަނޑިތަކާއި ސިނާއީ ލަނޑުދަނޑިތައް ވަކިކޮށް، މުޖުތަމައުއަށް ފައިދާހުރި އިންވެސްޓްމަންޓުތައް ދަމަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިމާ ފާހަގަކުރެއްވި މުހިއްމު އަނެއް ނުކުތާއަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ އެސްއޯބީތަކާއި އެސްއޯއީތަކުގެ ވިޔަފާރީގެ އެފިޝެންސީ އުޅެނީ ބައިނަލްއަގްވާމީ މިންގަނޑަށް ވުރެ މާ ދަށުގައި ކަމެވެ. އެހެންކަމުން، އިގުތިސޯދު އާރާސްތުކުރުމުގެ މަސައްކަތުގައި މިކަަމަށްވެސް ރިއާޔަތްކުރެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިމާގެ ވާހަކަތަކަށް ބާރުދެމުން ވާލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް ހާޓްވިގް ޝޭފާ ވިދާޅުވި ގޮތުގައި، މި ބަލިމަޑުކަމުން ދަސްވި އެއްކަމަކީ، ރަނގަޅު ގޮތުގައި ދަރަނި ބޭނުން ކުރުމާއި، ދެފުށް ފެންނަ ގޮތަށް ދަރަނީގެ މުއާމަލާތްތައް ހިންގުމުގެ މުހިއްމުކަން ކަމަށް ވާއިރު، ހަމަހަމަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތު ކުރަން މިކަންކަމަށް ގައުމުތަކުން ސަމާލުވާން ޖެހެ އެވެ.

ސަރުކާރު ހިއްސާވާ ވިޔަފާރިތަކާއި ގުޅޭ ސިޔާސަތުތައް އިސްލާހުކުރުން މުހިއްމު

މި ރިޕޯޓް ތައްޔާރުކުރި ވާލްޑް ބޭންކްގެ ލީޑް އިކޮނޮމިސްޓް މާޓިން މެލެކީ ވަނީ ސަރުކާރުތަކުން އިސްލާހުކުރަންޖެހޭ ދާއިރާތައް ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

އަދި ދައުލަތުގެ ފައިސާއިން ހަރަދުކޮށްގެން ލިބޭ ގެއްލުން ކުޑަކުރަން ހަތަރު ދާއިރާއަކުން ސިޔާސަތުތައް އިސްލާހުކުރަން އޭނާ ހުށަހެޅުއްވި އެވެ.

  1. މަގުސަދު: ސަރުކާރު ހިއްސާވާ ވިޔަފާރިތަކާއި މާލީ އިދާރާތަކުގެ އިޖުތިމާއީ އަދި ސިނާއީ މެންޑޭޓް ސާފުކޮށް ކަނޑައެޅުން.
  2. އިންސެންޓިވްސް: މަގުސަދަށް ބުރޫނާރާނެ ގޮތަކަށް މުއައްސަސާތަކާއި، ގަވާއިދުތަކާއި، އެއްބަސްވުންތަކުގެ ޒަރިއްޔާއިން އިންސެންޓިވް ކަނޑައެޅުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ދުރާލާ ސަރުކާރުގެ ބަޖެޓާއި ދަރަނީގެ ފްރޭމްވާކްގެ ތެރެއަށް ވައްދައިގެން ހަރަދުތަކަށް ޒިންމާވުން އިތުރުކުރުން.
  3. ދެފުށް ފެންނަ ދަރަނި: ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ ދަރަންޏާއި، އެއާ ގުޅޭ މައުލޫމާތު ފަސޭހައިން ލިބެން ހުރުމާއި، މި ކުންފުނިތަކުގެ މަގުސަދާއި، ގައުމުގެ ތަރައްގީގައި ކުންފުނިތަކުން އަދާކުރާ ދައުރު ދެނެގަންނަން މޮނިޓަރިން އަދި އިވެލުއޭޝަން ފްރޭމްވާކް ވަރުގަދަކުރުން.
  4. ޖަވާބުދާރީ ކުރުވުން: މާލީ އިދާރާތަކާއި، ސިނާއަތްތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި، މީޑިއާގެ އިތުރުން އާންމު ފަރުދުން، ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ހަރަދުކުރާ ގޮތް ދެނެގަންނަން ސަރުކާރު ޖަވާބުދާރީ ކުރުވައި، ސިޔާސީ ނުވަތަ އަމިއްލަ މަންފާއަށް ކުރާ ކަންކަން ހުއްޓުވުން.

ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނި ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ދައުލަތުގެ ދަރަނި ދުވަހުންދުވަހަށް އިތުރުވަމުން ދިޔުމާއެކު، މިކަންކަމަށް އަވަސް ހައްލެއް ނުހޯދައިފިނަމަ މިހާރު އޮތް އިގުތިސޯދީ ކާރިސާއިން އަރައިނުގަނެވި އުޅެނިކޮށް އިތުރު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox