އަމިއްލަ އެކޮމޮޑޭޝަންތަކުގައި މަސައްކަތްތެރިން ކަރަންޓީނު ކުރަން މަސީން ހުށަހަޅަނީ

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަނީ: ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު ލޮޅުމެއް އައި އެއް ސިނާއަތަކީ އިމާރާތްކުރުން -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަނީ: ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު ލޮޅުމެއް އައި އެއް ސިނާއަތަކީ އިމާރާތްކުރުން -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު

ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނު ކުރެވޭނެ ތަނާއި ވަސީލަތްތައް ހުރި ކޮންސްޓްރަކްޝަން ކުންފުނިތަކަށް އެ ފުރުސަތު ދޭން ސަރުކާރުގައި އެދެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ވޯކް ޕާމިޓް އޮންނަ މީހުން ރާއްޖެ އައުން މަނާ ކުރީ މެއި މަހުގެ ތެރޭގަ އެވެ. މި ފިޔަވަޅުތަކަށް ދިން ލުޔާއެކު މާދަމައިން ފެށިގެން ވޯކް ޕާމިޓް އޮންނަ މި ގައުމުތަކުގެ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.

އެކަމަކު ކުރިޔާ ހިލާފަށް މިފަހަރު ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހެނީ ހެލްތް މިނިސްޓްރީން ގަބޫލުކުރާ ފެސިލިޓީއެއްގަ އެވެ. އަދި ކަރަންޓީނު ވާން ހަރަދުކުރަން ޖެހޭނީ ވޯކް ޕާމިޓް ހޯލްޑަރުންނެވެ. މިކަމަށް ކަނޑައަޅާފައި ހުރި އެންމެ ކުޑަ އަގުގައި ހުންނަ ތަނަށް އެކަނި ވެސް މީހަކަށް 7،700ރ. ހިނގާނެ އެވެ.

މިކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ފަހު މިއަދު ބޭއްވި މަސީގެ އެގްޒެކެޓިވް ބޯޑުގެ ކުއްލި ބައްދަލުވުމަކަށް ފަހު މެމްބަރުންގެ އިއްތިފާގުން ފާސްކުރީ، ސަރުކާރުން ގަބޫލުކުރާ ފެންވަރެއްގައި ހުރި އެކޮމޮޑޭޝަންތަކެއްގައި ކަރަންޓީނު ކުރެވޭނެ ވަސީލަތްތައް ހުރި ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް އެ ފުރުސަތު ދޭން ހުށައެޅުމަށެވެ.

މިކަން ކުރާނީ އެޗްޕީއޭއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ރަޖިސްޓްރީ ކޮށްގެން، އެ އެކޮމޮޑޭޝަންތައް ކަރަންޓީނު ވުމަށް ބޭނުންކުރާ ތަނެއްގައި ގޮތުގައި ހާއްސަކޮށްގެންނެވެ.

މަސީން ހުށައަޅަން ނިންމި އަނެއް ކަމަކީ، މަސައްކަތްތެރިން ކުރާ ހަރަދުތައް "ކޮންސްޓްރަކްޝަން ވޭރިއޭޝަން" ހަރަދެއްގެ ގޮތުގައި ހިމެނޭނެ ގޮތް ފަހިކޮށްދިނުމެވެ. ވޭރިއޭޝަން ހަރަދުތަކަކީ ފުރަތަމަ ހެދުނު އެއްބަސްވުމުގައި ހިމެނި މަސައްކަތްތަކަށް ހިނގާނެ ހަރަދުތަކުގެ ބޭރުން ހިނގާ އިތުރު ހަރަދުތަކެވެ. އޭރުން ކުންފުނިން މި ހަރަދުތަކަށް ޒިންމާ ވުމުގެ ބަދަލުގައި، ކަރަންޓީނު އަގު ދައްކާނީ މަސައްކަތް ހަވާލުކުރި ފަރާތުންނެވެ.

މަސީން ބުނީ ކޮންސްޓްރަކްޝަން ވިޔަފާރިތަކުގެ މި ހުށައެޅުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން ކުރިޔަށް ދާނެ ކަމަށެވެ.

އެޗްޕީއޭއިން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު، ކަރަންޓީނު ވާން ޖެހޭތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްތައް ކަމުގައިވާ ޓޫރިޒަމާއި ކޮންސްޓްރަކްޝަން ވިޔަފާރިތަކުންނެވެ. މި ސިނާއަތްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ބޮޑު އިންސައްތައެއް އެއީ ދެކުނު އޭޝިއާ ގައުމުތަކުގެ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox