ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޕެއިންގެ ޕަކޯ ރަބާން ބްރޭންޑުން އެންމެ ފަހުން ނެރުނު ސެންޓް ކަމަށްވާ "ފެންތޮމް" ލެކިއުޓުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ލެކިއުޓުން ފެންތޮމް ސެންޓު ރާއްޖޭގެ ބާޒާރަށް މި ނެރުނީ ޕަކޯ ރަބާންއިން ޓްރެވަލް ރީޓެއިލް ބާޒާރަށް ސެންޓު ފުޅި ނެރުމާ އެކު އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުން ފެންތޮމް ލިބުމުގެ ކުރިން ރާއްޖޭން މި ސެންޓު ގަންނަން ލިބޭނެ އެވެ.
ފެންތޮމް ސެންޓު ފުޅި އެންމެ ހާއްސަ ވަނީ، މިއީ ދުނިޔޭގެ ބާޒާރަށް އެންމެ ފުރަތަމަ ސްމާޗް ފީޗާތައް އެކުލަވޭ ސެންޓުފުޅިއަށް ވާތީ އެވެ. އެގޮތުން ސްމާޓްފޯންތަކުގައި ހުންނަ ނިއާ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ފީޗާ ބޭނުންކޮށްގެން ފޯނާ ކަނެކްޓްކޮށްލައިގެން އާޓިފިޝަން އިންޓެލިޖެންސް މެދުވެރިކޮށް ފެންތޮމްގެ ސްމާޓް ފީޗާތައް ބޭނުންކުރެވޭނެ އެވެ. ލެކިއުޓުން ބުނީ މި ސެންޓު ފުޅި ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ކަމަށެވެ.
މި ސެންޓުފުޅި ލެކިއުޓުގެ ފިހާރަތަކުންނާއި ވެބްސައިޓުން ގަންނަ ލިބޭނެ އެވެ. މީގެ 50 އެމްއެލް ސެންޓު ފުޅިއެއް ވިއްކަނީ 1،399ރ. އެވެ. އަދި 100 އެމްއެލް ލިބެނީ 1،998ރ. އަށެވެ.

ލެކިއުޓްގެ އޮންލައިން ފިހާރަ: އޮންލައިންކޮށާއި ފިހާރަތަކުން އެއް އަގެއްގައި ސެންޓާއި އެހެން ޕްރޮޑަކްޓްތައް ގަނެވޭ --
ލެކިއުޓުން އާ ސެންޓު ގަންނަ މީހުންނަށާއި ބޮޑު އީދަށް ހާއްސަ އޮފާތަކެއް
ލެކިއުޓުން ވަނީ ކެރޮލީނާ ހެރޭރާގެ "ގުޑް ގާލް" އަދި "ބޭޑް ބޯއި" ސެންޓުފުޅީގެ ފަހުގެ ވާޝަން ވިއްކަން ފަށާފަ އެވެ. މިފަހަރު ލިބެނީ "ވެރީ ގުޑް ގާލް" އަދި "ބޭޑް ބޯއި ލަ ފާފުމް" އެވެ.
މި ތިން ސެންޓުގެ ޕްރޮމޯޝަން ކުރިޔަށްދާނީ މި މަހުގެ 15 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މިއިން ސެންޓު ފުޅިއެއް ގަންނަ ކަސްޓަމަރުންނަށް ޕަކޯ ރަބާން އަދި ކެރޮލީނާ ހެރޭރާގެ އަގުހުރި ހަދިޔާ ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ އިތުރުން ކުރިޔަށް އޮތް ބޮޑު އީދު ބަންދާ ގުޅުވާ ޖުލައި 10 އިން ފެށިގެން ހާއްސަ ޕްރޮމޯޝަނެއް ލެކިއުޓުން ފަށާނެ އެވެ. މި ޕްރޮމޯޝަންގެ ތެރެއިން ލެކިއުޓްގެ ފިހާރައިންނާއި އޮންލައިން ސްޓޯރުން ހިތްހަމަޖެހޭ ފަދަ އޮފާތަކެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ލެކިއުޓަކީ ސެންޓާއި ކޮސްމެޓިކްސް ވިއްކުމުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ފިހާރަ އެވެ. ލެކިއުޓުން ސެންޓާއި އެހެނިެން އުފެއްދުންތައް ގެންނަނީ އޭގެ އޮރިޖިނަލް އުފައްދާ ކުންފުނިތައް މެދުވެރިކޮށެވެ.










