ވެކްސިން ފުރިހަމަކޮށްފައިވާ ވާކް ޕާމިޓް ހޯލްޑަރުންގެ ކަރަންޓީނު 7 ދުވަހަށް ކުރުކޮށްފި

ވެކްސިން ކިޔޫގައި ތިބި ބިދޭސީންތަކެއް: ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެކްސިން ޖަހައިދެނީ ދައުލަތުގެ ހަރަދުގައި އަދި ރާއްޖެއިން ވެކްސިން ފުރިހަމަ ކުރިި މީހުންގެ ތެރޭގައި ބިދޭސީން ގިނަ-- ފޮޓޯ: ހުސެއިން ޝަޔާ

ވެކްސިން ކިޔޫގައި ތިބި ބިދޭސީންތަކެއް: ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެކްސިން ޖަހައިދެނީ ދައުލަތުގެ ހަރަދުގައި އަދި ރާއްޖެއިން ވެކްސިން ފުރިހަމަ ކުރިި މީހުންގެ ތެރޭގައި ބިދޭސީން ގިނަ-- ފޮޓޯ: ހުސެއިން ޝަޔާ

ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ވާކް ޕާމިޓް އޮންނަ ބިދޭސީންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށަހަޅައިގެން ރާއްޖެ އެތެރެވެވޭނެ އެވެ.

ނަމަވެސް އެފަދަ މީހުން ރާއްޖެއަށް އައިސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ތަނެއްގައި ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.

އެގޮތުން ވެކްސިން ނުޖަހާ މީހުންގެ ކަރަންޓީނު މުއްދަތަކީ 14 ދުވަހެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބޭނުންކުރަން ހުއްދަ ދީފައިވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނު ވާން ޖެހެނީ ހަތް ދުވަހެވެ.

ކަރަންޓީނުން ދޫކޮށްލަނީ 72 ގަޑިއިރު ތެރޭގައި ހަދާ ޕީސީއާރު ޓެސްޓާއި ރިލީޒް ސާމްޕަލް ނެގެޓިވް ވުމުންނެވެ.

އެކަމަކު އެކަކަށް ވުރެ ގިނަ މީހުން އެއްތަނެއްގައި ކަރަންޓީނު ވެގެން ތިއްބާ އޭގެ ތެރެއިން މީހަކު ޕޮޒިޓިވްވެއްޖެ ނަމަ ކަރަންޓީން މުއްދަތު އިތުރުވާނެ އެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ ކަން ކަށަވަރު ކުރަން ރަސްމީ ލިޔެކިޔުން ހުށަހަޅަން އަންގާފަ އެވެ.

ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ވާކް ޕާމިޓް ހޯލްޑަރުންނާ ގުޅިގެން އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނީ އެ މީހުންނަށް ކަރަންޓީނު ވެވޭނީ އެޗްޕީއޭއިން ހުއްދަ ދީފައިވާ ގެސްޓްހައުސް ނުވަތަ ހޮޓާތަކާއި އަމިއްލަ ކުންފުނިތަކާއި ރިސޯޓުތަކުގެ ކަރަންޓިނު ފެސިލިޓީތަކުގައި ކަމަށެވެ. އަމިއްލަ ތަންތަނަށް ހުއްދަ ދެނީ އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުތަކެއްގެ ތެރެއިންނެވެ.

އިއުލާނާއެކު އާންމުކުރި ލިސްޓުގައި އޮތީ ތިން ހޮޓަލެއްގެ ނަމެވެ. އަދި މި ލިސްޓަށް އިތުރުވަމުން އަންނަ ވަރަކަށް ލިސްޓު އަދާހަމަ ކުރަމުން ދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ކަރަންޓީނުގައި ތިބުމުގެ ހަރަދުތަކާއި، ރާއްޖެ އައުމަށް ފަހު 72 ގަޑިއިރުގެ ތެރޭގައި ނަގާ ރެންޑަމް ސާމްޕަލިން ޓެސްޓާއި ކަރަންޓީނު މުއްދަތު ހަމަވުމުން ހަދާ ރިލީޒް ޓެސްޓަށް ހިނގާ ހަރަދުތަކަށް ޒިންމާވާން ޖެހޭނީ ވާކް ޕާމިޓް ހޯލްޑަރުން ނުވަތަ އެ ބިދޭސީން ރާއްޖެ ގެންނަ ފަރާތްތަކުން ކަމަށެވެ.

މި ހުރިހާ އެންމެން ވެސް ރާއްޖެ އައުމުގެ ކުރިން އިމިގްރޭޝަންގެ އިމުގަ ޕޯޓަލްގައި އަދި ރާއްޖެ އައުމަށް ފަހު 48 ގަޑިއިރު ތެރޭގައި ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީ ވާން ޖެހެ އެވެ.

ވާކް ޕާމިޓް ހޯލްޑަރުންނާ އެކީ ދަތުރުކުރާ އާއިލާ މެމްބަރުންނަށް ވެސް އޮންނަނީ ހަމަ އެއް އުސޫލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox