ކައިރި ރަށެއްގައި މުވައްޒަފުންގެ އެކޮމޮޑޭޝަން އަޅަން ރިސޯޓްތަކަށް ބާރުއަޅަނީ

ލަކްސް ނޯތު މާލެ އެޓޯލްގެ ސްޓާފް އެކޮމޮޑޭޝަން: ކުރިން އޮންނަ އުސޫލުގެ ތެރެއިން ރިސޯޓް އެކޮމޮޑޭޝަން ގާއިމްކުރަން ޖެހެނީ ރިސޯޓުގައި -- ފޮޓޯ: ލަކްސް ރިސޯޓްސް

ލަކްސް ނޯތު މާލެ އެޓޯލްގެ ސްޓާފް އެކޮމޮޑޭޝަން: ކުރިން އޮންނަ އުސޫލުގެ ތެރެއިން ރިސޯޓް އެކޮމޮޑޭޝަން ގާއިމްކުރަން ޖެހެނީ ރިސޯޓުގައި -- ފޮޓޯ: ލަކްސް ރިސޯޓްސް

ރިސޯޓުގައި މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކްތައް އެޅުމުގެ ބަދަލުގައި މިހާރު ޓޫރިޒަމް މިނިސްޓްރީން ބާރުއަޅަނީ ކައިރި ރަށްރަށުގައި މިތަންތަން އަޅަން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މަސައްކަތްތެރިންގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތްތަކާ ގުޅިގެން މައުސޫމް ވިދާޅުވި ގޮތުގައި، މިކަމަށް މިނިސްޓްރީން ބާރުއަޅަނީ ދިވެހި މުވައްޒަފުންނަށް ނައިޓަށް ރަށަށް ނުދެވޭ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގަ އެވެ. އަދި މިހާރު ކޮންމެހެން ރިސޯޓުގައި އެކޮމޮޑޭޝަން ބްލޮކްތައް އެޅުމަށް ވުރެ ކައިރި ރަށްރަށުގައި އަޅަން މިނިސްޓްރީން އިސްވެ ރިސޯޓްތަކަށް ބާރުއަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަށް އިންނާނީ މިހާރު ނައިޓަށް ގެޔަށް ދިޔުމަށް. އެ މައްސަލަ ހައްލުކުރުމަށް މިހާރު އަޅުގަނޑުމެން ހަމަ ވަރަށް ޕްރޯއެކްޓިވްކޮށް އެންކަރޭޖް ކުރަމުން މިދަނީ މިހާރު ކުރިން ރިސޯޓުގަ ގާއިމްކުރާ ސްޓާފް އެކޮމޮޑޭޝަން ރިސޯޓުގަ ކޮންމެހެން ގާއިމްކުރާކަށް ނުޖެހޭނެއޭ. އެބޭފުޅުންނަށް ކައިރި ރަށުގަ އެކަންތައް ގާއިމްކުރެވޭނެއޭ." މައުސޫމް ވިދާޅުވި އެވެ.

ކުރިން އޮންނަ އުސޫލުގެ ތެރެއިން ރިސޯޓްތަކުން ޖެހެނީ ރިސޯޓުގައި މަސައްކަތް ކުރާނެ ކަމަށް ލަފާކުރެވޭ މުވައްޒަފުންގެ އަދަދަށް ބަލާފައި ރިސޯޓުގައި މުވައްޒަފުން ތިބޭ ތަންތަން އިމާރާތްކުރާށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އެކޮމޮޑޭޝަން އަޅަން ހުއްދަ ނުދެ އެވެ.

ރަން އަހަރުގެ ކުރިން މައްސަލަތައް ހައްލުކުރާނަން: މައުސޫމް

މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދަން މިނިސްޓްރީން ގާތުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު އެރުވި އެވެ. އަދި އެކަމަށް ހާއްސަކޮށްފައިވާ އީމެއިލްގެ ޒަރިއްޔާއިން މުވައްޒަފުން ހުށައަޅާ ޝަކުވާތައް، އިންޑަސްޓްރީގެ ބައިވެރިންނާ ގުޅިގެން ހައްލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ދޭތެރެއަކުން އަޑުއިވޭނެ މުވައްޒަފުންނަށް ބައެއް ކަހަލަ މައްސަލަތައް ދިމާވާ ކަންތައް. އެކަންތައްތައް ބެލުމަށް ޑެޑިކޭޓެޑް އީމެއިލްއެއް ގާއިމްކޮށްފައި. އަޅުގަނޑުމެންނަށް ދޭތެރެދޭތެރެއަކުން ލިބޭ މައްސަލަތައް އެ މުވައްޒަފުންނާ ގުޅިގެން އަދި އިންޑަސްޓްރީ ޕާޓްނަރުންނާ ގުޅިގެން ހައްލުކުރަމުން މިދަނީ" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ތައްޔާރުވާއިރު އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުން ހިމެނޭ ކަމަށެވެ. އަދި އެކަން ހާސިލްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ރިސޯޓުތަކުގެ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެންދިޔުމާއި، ޓޫރިޒަމް ދާއިރާއިން އަންހެނުންނަށާއި ޒުވާނުންނަށް ފުރުސަތު ހޯދައި ދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox