އޯޓީ އާއި އެލަވަންސްގެ ހޭދަ އިތުރުވާތީ އޮޑިޓް ކުރަނީ

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލޭނާގެ: ފިނޭންސުން ވަނީ ސަރުކާރު މުވައްޒަފުންގެ އޯޓީ އެލަވަންސް ދޭން ކުރާ ހޭދަ އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލޭނާގެ: ފިނޭންސުން ވަނީ ސަރުކާރު މުވައްޒަފުންގެ އޯޓީ އެލަވަންސް ދޭން ކުރާ ހޭދަ އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސަރުކާރު އޮފީސްތަކުން އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި ކުރާ ހޭދަ އިތުރުވާތީ، އެ އެލަވަންސް ހަރަދުތަކާއި ގުޅޭ ހާއްސަ އޮޑިޓެއް ހަދަން ނިންމައި އެކަންކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ސަރުކާރުން މި އިއުލާނާއެކު އާންމުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސްގައި ހުރި މައުލޫމާތަށް ބަލާއިރު، ދައުލަތުގެ ރިކަރަންޓް ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގަނީ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. މި އިނާޔަތްތަކުގެ ތެރެއިން ވޭތުވެ ދިޔަ އަހަރުތަކުގެ އެންމެ ބޮޑަށް އިތުރުވީ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ އޯޓީ އެލަވަންސެވެ.

އެހެން އެލަވަންސްތަކާ ނުބައްދަލު ގޮތަކަށް އޯޓީ ފައިސާ އިތުރުވާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި މިހާރު ހުރި އުސޫލުތަކާއި ގަވާއިދުތަކަށް އަމަލު ނުކުރުމާއި އެކަށީގެންވާ ވަރުގެ މިންގަނޑުތަކެއް ކަނޑައެޅިފައި ނެތުން ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.

Advertisement

މި އޮޑިޓްގެ ޒަރިއްޔާއިން ހާސިލުކުރަން ބޭނުންވާ މަގުސަދު ބަޔާންކޮށް ފިނޭންސުން ބުނި ގޮތުގައި، ދެނެގަންނަން ބޭނުންވަނީ އޯޓީ އެލަވަންސް ދިނުމުގައި ސަރުކާރު އޮފީސްތަކުން ހޭދަކޮށްފައިވާ ގޮތްތަކެވެ. އަދި މި މައުލޫމާތުގެ ޒަރިއްޔާއިން އޯޓީ އެލަވަންސް ފައިސާ އާއި ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާ ކުރަން ކުރަންޖެހޭ ކަންކަމުގެ ލަފާ ހޯދުމެވެ.

އެގޮތުން އޮޑިޓް ކުރާ ފަރާތުން އޯޓީ ފައިސާ އާއި ގުޅިގެން މި އޮފީސްތަކުން ގެންގުޅޭ ނިޒާމު ދިރާސާކޮށް، ގަވާއިދުތަކާއި އުސޫލުތަކަށް ބޯލަނބާފައި ވަނީ ކިހާވަރަކަށްތޯ ކަނޑައަޅަން ޖެހެ އެވެ. އަދި މިހާރު އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން އޯޓީ ފައިސާއާ ގުޅޭ ކަންކަން ބަލަހައްޓަން ފުދޭތޯ ކަނޑައަޅާ، މި ކަންކަން އިތުރަށް ހަރުދަނާ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަންނެ ޖެހެ އެވެ.

އިތުރު ގަޑީގެ ފައިސާއާ ގުޅޭ އޮޑިޓުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތްތައް

  • އޮޑިޓް ކުރާ ސަރުކާރު އޮފީސްތަކުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އޯޓީ ފައިސާއަށް ކުރި ހޭދައިގެ އެނަލިސިސް ހެދުން، އޯޓީ އަށް ބަޖެޓު ކުރެވުނު ފައިސާ އަދި އަސްލު ހަރަދު އަޅާކިޔުމާއި މުސާރައިގެ ތެރެއިން އޯޓީ ފައިސާގެ އިންސައްތަ ދެނެގަތުން.
  • ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ގިންތިކޮށް، އެ މީހުންނަށް އޯޓީ އެލަވަންސް ދިން ސަބަބުތައް ދެނެގަނެ އަޅާކިޔުން.
  • އޯޓީ އެލަވަންސް ގިނައިން ލިބޭ މުވައްޒަފުންނަކީ ކޮބައިކަމާއި ކީއްވެގެންކަން ދެނެގަތުން، މުސާރައިގެ ނިސްބަތުން އޯޓީ އެލަވަންސް އިތުރުވާން މެދުވެރި ވަނީ ވަޒީފާގެ މަސްއޫލިއްޔަތުގެ ސަބަބުންތޯ ބެލުން ނުވަތަ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވޭތީތޯ ނޫނީ އެކަށީގެންވާ ވަރަކަށް މުވައްޒަފުން ނެތުމުގެ ސަބަބުންތޯ ދެނެގަތުން. އަދި އޯޓީ ފައިސާ އާއި ގުޅިގެން އެއްވެސް ކަހަލަ އޮޅުވާލުމެއް ނުވަތަ ނާޖައިޒު މަންފާއެއް ލިބުނުތޯ ދެނެގަތުން.
  • އޯޓީ އެލަވަންސާ ގުޅޭ އުސޫލުތައް މުރާޖާކުރުން: ސަރުކާރު އޮފީސްތަކުން ގެންގުޅޭ އުސޫލުތައް މުރާޖާކޮށް މިހާރަށް ވުރެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް އޮޓީ އެލަވަންސާ ގުޅިގެން އެކުލަވާލަން އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ލަފާ ހުށައެޅުން. މި މަސައްކަތުގެ ތެރެއިން ކުރިން ހެދި އޮޑިޓްތަކުގައި ރަނގަޅު ކުރަން ބުނި ކަންކަން ތަންފީޒުކުރެވުނީ ކިހާ ވަރަކޮށްތޯ ދެނެގަތުން.

ފިނޭންސުން ބުނާ ގޮތުގައި ސަރުކާރު އޮފީސްތަކުގެ އޯޓީ ފައިސާއާ ގުޅޭ އޮޑިޓް ފަށާނީ އަންނަ އޮގަސްޓް މަހުގެ 1 އިން ފެށިގެންނެވެ. އަދި އޮޓިޑް ކުރާ ފަރާތުން އެ ދުވަހުން ފެށިގެން ހަ ހަފުތާ ތެރޭގައި ފައިނަލް ރިޕޯޓް ނިންމާފައި ފިނޭންސަށް ފޮނުވަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox