ރާއްޖެ އަންނަ ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނު ހަރަދުތައް ކުރަން ޖެހޭނީ އަމިއްލަ ޖީބުން

ވެލޭނާ އެއާޕޯޓުގައި ފުރަން ގޮސް ތިބި ބިދޭސީންތަކެއް: ރާއްޖެއަށް އަންނަ ވޯކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ކަރަންޓީނު ވާން ޖެހެނީ ދެކުނު އޭޝިއާގެ ގައުމަކުން އަންނަ ނަމަ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވެލޭނާ އެއާޕޯޓުގައި ފުރަން ގޮސް ތިބި ބިދޭސީންތަކެއް: ރާއްޖެއަށް އަންނަ ވޯކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ކަރަންޓީނު ވާން ޖެހެނީ ދެކުނު އޭޝިއާގެ ގައުމަކުން އަންނަ ނަމަ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދެކުނު އޭޝިއާއިން މި ހަފުތާގައި އަންނަ ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖޭގައި ކަރަންޓީނު ވާން ކުރަންޖެހޭ ހަރަދުތައް ކުރަން ޖެހޭނީ އަމިއްލަ ޖީބުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

ދެކުނު އޭޝިއާގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރޭތީ ދެކުނު އޭޝިއާ ގައުމުތަކުން ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުން މަނާކުރީ މެއި މަހުގެ ތެރޭގަ އެވެ. މިހާރު މި ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވާތީ ސަރުކާރުން ވަނީ ރާއްޖެ އައިސް ކަރަންޓީނު ވާގޮތަށް އަލުން ހުއްދަ ދޭން ނިންމައިފަ އެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ބިދޭސީން ކަރަންޓީނު ވާން ހޮޓާ އަދި ގެސްޓްހައުސް ހަމަޖައްސަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

Advertisement

އަންނަ ބުދަދުވަހު ވޯކް ޕާމިޓް ހޯލްޑަރުން އަންނަން ފަށާއިރު، ކަރަންޓީނު ވާން ކުރަން ޖެހޭ ހަރަދުތައް އިނގޭނީ މި މަސައްކަތް ނިމުމުންނެވެ.

މިހާތަނަށް ބޭރު ގައުމުތަކުން އަންނަ ބިދޭސީން ކަރަންޓީނު ވާން ޖެހެނީ އެ މީހަކު އައިސް ދިރިއުޅޭ ތަނެއްގަ އެވެ. އެކަމަކު ކުރިން ވެސް އޭގެ ތެރެއިން ގިނަ ބަޔަކު ކަރަންޓީން ނުވެ ބޭރު ތެރޭގައި އުޅޭ ކަމުގެ ޝަކުވާތައް ލިބުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު އުސޫލަށް ގެނައި ބަދަލަކީ މިކަންކަމަށް ރިއާޔަތްކޮށް ގެނައި ބަދަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox