ކަރަންޓީނުގައި މިހާރު ތިބި މީހުންނަށް ވެސް ލުޔެއް

ކަރަންޓީނުގައި މިހާރު ތިބި މީހުންނަށް ވެސް ލުޔެއް

ކަރަންޓީނުގައި މިހާރު ތިބި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ޕީސީއާރް ޓެސްޓް ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެޗްޕީއޭއިން ދިން ލުއިތައް މުރާޖާކުރަމުން އަންނަ އިރު، މިހާރު ކަރަންޓީނުގައި ތިބި މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ކުރިން ހާމަކޮށްފައެއް ނުވެ އެވެ. އަދި ކުރިން އޮތް އުސޫލުގެ ތެރެއިން އެ މީހުން ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހޭތީ ބަޔެއް މީހުން ވަނީ ލުއި ދިނުމުގައި ހަމަހަމަ ކަމެއް ނެތް ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

އެޗްޕީއޭއިން ކަރަންޓީނުގައި ތިބި މީހުންނަށް ދިން ލުއިތަކުގެ ތެރެއިން މިހާރު ރަށްރަށަށް ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާ އެކުގައި ދަތުރުކުރި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިންނާއި އަދި ރާއްޖެއިން ބޭރުން އައިސް ތިބި މީހުންނަށް ވެސް ޕީސީއާރް ޓެސްޓް ހުށައެޅުމުން ކަރަންޓީނުން ދޫކޮށްލާނެ އެވެ. އެކަމަކު ބޭރު ގައުމުތަކުން އަންނަ މީހުންގެ ޓެސްޓު ބަލައިގަންނަނީ ކަރަންޓީނުގައި ހަތް ދުވަސް ވުމުންނެވެ.

ބޭރު ގައުމުތަކުން އަންނަ މީހުންނާ މެދު އަމަލުކުރާ އުސޫލު ތަފާތުކުރި ސަބަބާއި ގުޅިގެން އެޗްޕީއޭއިން ބުނީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު އެކި ވޭރިއަންޓްތައް ފެތުރެމުން ދާތީ، މި ނިންމުމަކީ އެކަމަށް ރިއާޔަތްކޮށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށެވެ. އަދި މަގުސަދަކީ ލުއި ދިން ނަމަވެސް، ބަލި ފެތުރުން ވީހާ ވެސް ބޮޑަކަށް ކޮންޓްރޯލް ކުރުން ކަމަށް ބުންޏެވެ.

ކޮވިޑާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކުގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށާއި ބަލި ޖެހުނު ފަހުން 60 ދުވަސް ނުވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވެ އެވެ. އެކަމަކު 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށައަޅަން ޖެހެ އެވެ. އަދި އެ މީހުންނާ އެކީ ދަތުރުކުރާ ކުޑަކުދިންނަށް ވެސް ހަމަ މި އުސޫލުގެ ތެރެއިން ކަރަންޓީނު ލުއި ލިބެ އެވެ.

ކަރަންޓީނު ނުވެ ދަތުރުކުރަން ލިބެނީ މޮނިޓަރިންގައި ނެތް ރަށްރަށަށް އެކަންޏެވެ. އަދި ކަރަންޓީނު ލުއި ލިބެނީ އެ މީހަކު ދަތުރުކުރާ ރަށެއްގެ ކޮވިޑް ހާލަތަށް ބަލާފަ އެވެ. އެގޮތުން ރަށުން ނަގާ ސާމްޕަލްތަކުގެ ތެރެއިން 5 ޕަސެންޓަށް ވުރެ މަތީގައި ޕޮޒިޓިވިޓީ ރޭޓް ހުރެއްޖެ ނަމަ، ވެކްސިން ފުރިހަމަ ކުރިޔަސް ކަރަންޓީނު ވާން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox