
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2152 ލިޔުން
ހަބަރުމަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ކަރެކްޝަންސްގެ ނެޓްވޯކެއް
ޖަލަށް މަނާ ތަކެތި ވައްދާ މައްސަލައިގައި މީގެ ކުރިން ވެސް ކަރެކްޝަންސް އޮފިސަރުން އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވޭ. ނަމަވެސް، މިއީ މިގޮތަށް ގިނަ އަދަދެއްގެ އޮފިސަރުންތަކެއް އެއް ފަހަރާ ހައްޔަރުކުރި ފުރަތަމަ ފަހަަރު.
ހަބަރުބޭނުންކުރެވޭ ރިޒާވުގައި ހުރީ މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ
އާންމުކޮށް ބަލާ މިންގަނޑަކީ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑާއި، ބޭސް ފަދަ ޒަރޫރީ ބާވަތްތައް އިމްޕޯޓުކުރަން މަހެއްގެ މައްޗަށް 75 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް. މި މިންގަނޑުން ބަލާއިރު މި ވަގުތު ރިޒާވުގައި ހުރީ ކިރިޔާ މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ.
ހަބަރުރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑްކޮށްފި
ރައީސް މުއިއްޒުގެ އެންމެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ ރަމީޒު ސަސްޕެންޑްކޮށްފައި މިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ބަންދުކޮށްގެން އުޅޭ ދަނޑިވަޅެއްގައި.
