ޓެކްސް އާމްދަނީ ބިލިއަނެއް އިތުރުވީއިރު، ޓެކްސް ނޫން އާމްދަނީ ބިލިއަނެއްހާ ރުފިޔާ ދަށަށް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު: ޖުމްލަ އާމްދަނީ މިދިޔަ އަހަރަށް ވުރެ މަތި --  އަދަދު ފައިލް ފޮޓޯ

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު: ޖުމްލަ އާމްދަނީ މިދިޔަ އަހަރަށް ވުރެ މަތި -- އަދަދު ފައިލް ފޮޓޯ

ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ ކުރީ އަހަރަށް ވުރެ އިތުރުވީއިރު، ޓެކްސް ނޫން އާމްދަނީ ދަށް ވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 6 އާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ. ޓެކްސްގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

Advertisement

ޓެކްސް އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން އެކްސްޕޯޓު އިމްޕޯޓު ދާއިރާގެ ޓެކްސްތައް، އެއީ އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ، ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ޖީއެސްޓީ އާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްތަކުން ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ ވަރަށް ބޮޑަށް އިތުރެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެންމެ ފަހުގެ ރިޕޯޓާ ހަމައަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 966 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޓެކްސް ނޫން އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން ޖުމްލަކޮށް ހުރިހާ ދާއިރާއަކުން ވެސް ކުރީ އަހަރާ އެއް ވަރަށް ނޫނީ އެއަށް ވުރެ ގިނައިން އާމްދަނީ ލިބިފައިވާއިރު، އެންމެ ބޮޑު ވެއްޓުމެއް ދައްކަނީ އެހެނިހެން ޓެކްސް ނޫން އާމްދަނީތަކުންނެވެ.

މިދިޔަ އަހަރު މި އާމްދަނީ 853.6 މިލިއަން ރުފިޔާގައި ހުރި ނަމަވެސް މި އަހަރު އަދި ލިބުނީ 149.5 މިލިއަން ރުފިޔާ އެވެ. މިއީ 82 ޕަސެންޓުގެ ވެއްޓުމެކެވެ. އެހެނިހެން ޓެކްްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ އާމްދަނީއަކީ ކޮބައިކަން ސާފު ނުވާތި މިހާ ބޮޑު ތަފާތެއް އައި ސަބަބެއް އަދި ނޭނގެ އެވެ.

ޓެކްސް ނޫން އާމްދަނީ މަދު ނަމަވެސް، ޓެކްސް އާމްދަނީއަށް އައި ބޮޑު ކުރިއެރުމާއެކީ ޖުމްލަ އާމްދަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން އިތުރުވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox