
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2152 ލިޔުން
ރިޕޯޓުގަވަރުނަރު ވަކިކުރަނީ ޗާޕުކޮށްފައި ހުރި ފައިސާގައި އަތްނުލެވިގެން
އެމްއެމްއޭގައި ޗާޕުކޮށްފައި ހުރި އަށް ބިލިއަނުގެ ތެރެއިން ހަތް ބިލިއަން ހުރިއިރު މި ފައިސާ އިގުތިސޯދުގައި ދައުރުކުރުމުގެ ނުރައްކާ ވަރަށް ބޮޑު. އެންމެ ބޮޑު އަސަރެއް ކުރާނީ ޑޮލަރުގެ ރޭޓަށް.
ވިޔަފާރިފަޅެއްގައި ބުރުުޖު އަލް އަރަބް ކަހަލަ އިމާރާތެއް އަޅަނީ
އެމްއެފްއެމްސީގެ ކޮންސެޕްޓް ކަރުދާހުގައި ވަނީ ފަޅު ހިއްކައިގެން، 45 ފަންގިފިލާގެ އުސް އިމާރާތެއް އަޅަން. މި އިމާރާތް ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ އުސް އިމާރާތަށް.
ރިޕޯޓުސަރުކާރަށް އަށް މަސް: ދުވެއްޔެއް ނެތް، ވައުދެއް ވެސް ނުފުއްދޭ!
މި ސަރުކާރުން ވެރިކަމާ ހަވާލުވީ މިހާތަނަށް ނުދެކޭ ވަރުގެ ފުރިހަމަ، ރައްޔިތުން ބަލައިގަންނަ ސަރުކާރަކަށް ވާނެ ކަމަށް ވައުދު ވަމުން. ވެރިކަމުގެ ފުރަތަމަ އަށް މަސް ނިމުނުއިރު ފެންނަނީ އެއާ ދިމާ އިދިކޮޅަށް ރައްޔިތުންގެ ހިޔާލާ ކަންބޮޑުވުންތަކަށް ނުބަލައި ސަރުކާރެއް ހިންގާ މަންޒަރު.
